MDP/2012/I-054
ވަޒީފާގެ ފުރުޞަތު
މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓްއަށް ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.
އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު 1
ފެންވަރު ނުވަތަ ޝަރުތު:
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.
މުސާރަ:
4500 ރުފިޔާ
މިމާޤާމަށް މީހަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށާއި، މި ޕާޓީގެ މެންބަރުންނަށް އިސްކަން ދެވޭނެއެވެ.
މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 03 ޖެނުއަރީ 2013 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv
25 ޑިސެމްބަރ 2012