ގދ. އަތޮޅު ކައުސިލަށް ކުރިމަތިލާ އެމްޑީޕީ ކެނޑިޑޭޓް ތަޢާރަފް ކުރުން މިރޭ 10:00 ގައި ވެސްޓް ޕާކުގައި

ގދ. އަތޮޅު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލާ އެމްޑީޕީގެ ކެނޑިޑޭޓް އެދާއިރާގެ މެމްބަރުންނަށް ތަޢާރަފް ކުރުން މިރޭ އޮންނާނޭކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕާޓީ ވެބް ސައިޓަށް މަޢުލޫމާތު ދެއްވަމުން، ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަޙްމަދު އަކްރަމް ވިދާޅުވީ، އގދ. އަތޮޅު ކައުންސިލަށް ކުރިމަތިލާ އެމްޑީޕީގެ ކެނޑިޑޭޓް ތަޢާރަފްކުރުން އޮންނާނީ މިރޭ 10:00 ވެސްޓް ޕާރކްގައި ކަމަށެވެ.

މި ޚަފްލާއަށް އެދާއިރާއަށް ނިސްބަތްވާ ޕާޓީގެ މެމްބަރުންނާއި، ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަށް ވަޑައިގެން ދެއްވުމަށް ޕާޓީން އެދިލައްވައެވެ.