އެމްޑީޕީ ޒުވާނުންގެ ރޫޙުގެ ޚާއްސަ ޖަލްސާއެއް މިރޭ 9:30 ގައި ދަރުބާރުގޭގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޒުވާނުންގެ ރޫޙުން ބާއްވާ ވަރަށް ޚާއްސަ ޖަލްސާއެއް މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމްގައި އޮންނާނެއެވެ.

މިރޭ 9:30 ގައި ފެށޭ ޖަލްސާގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން އެދެއެވެ.

މިރޭގެ ޖަލްސާގައި ޒުވާނުންގެ ރޫޙުގެ މެމްބަރުންނާއި ޕާޓީގެ އިސް ބައެއް ފަރާތްތަކުން ވާހަކަދައްކަވާނެއެވެ.