ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އެމްޑީޕީގެ ބޮޑު އެއްވުން ބާއްވައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އެމްޑީޕީން މިއަދު މާލޭގައި މުޒާހަރާކޮށްފިއެވެ.

ގިނަ އަދަދެއްގެ އަންހެން މެންބަރުން ވެސް ބައިވެރިވި މިމުޒާހަރާ ފަށާފައި ވަނީ އުސްފަސްގަނޑު ސަރަހައްދުންނެވެ. މުޒާހަރާގައި މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި އެމްޑީޕީން ވަނީ މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ފޮރިންގ އިންވެސްޓަރުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޖަރީމާތަކާއި، ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާއިން ކުރަމުންދާ ސިޔާސީ ހުކުމްތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާމަނިކާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންވެސްވަނީ މި އެއްވުމުގައި ވަނީ ވާހަކަ ދައްކަވާފައެވެ.

ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތަކުން ގައުމުގެ އިގްތިސާދު ހަލާކުކުރަމުންދާ ދިއުމާއި، ރައްޔިތުންނާ މެދު ނުހައްގުން އަނިޔާވެރިވެ، އެމްޑީޕީގެ މެމްބަރުންގެ ބޮލުގައި ތަފާތު އެކި ބާވަތުގެ ދޮގު ތުހުމަތުތައް އަޅުވައި ހައްޔަރު ކުރުން އާންމުވެފައި ވާތީ އެކަންތައްތަކާ ދެކޮޅަށް ވެސް މިއަދުގެ މުޒާހަރާގައި ވަނީ އަޑުއުފުލާފައެވެ.