އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެ

6 ޖުލައި 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާންމު ޖަލްސާއެއް މިރޭ 6 ޖުލައި 2010 ވާ އަންގާރަ ދުވަހުގެރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މި ޚާއްސަ ޖަލްސާ ފެށޭނީ މިރޭ 9 ޖަހާއިރުއެވެ.
އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެމްޑީޕީއަށް ތާޢީދުކުރައްވާ ފަރާތްތަކާއި، ދިވެހި ލޮބުވެތި ރައްޔިތުން ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީ އިން ބާއްވަމުން މިދާ ޚާއްސަ ޖަލްސާތަކުގައި ބައިވެރިވެ ވަޑައިގެންދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެޕާޓީން ބުނެއެވެ.