އައި ނީޑް ސަމް ކޭޝް: އޯޑިއޯ ކްލިޕް

5 ޖުލައި 2010

* ތިރީގައި މިވަނީ އިއްޔެ ލީކުވި އޯޑިއޯ ކްލިޕްތަކުގެގެ ތެރެއިން އެންމެ މަޝްހޫރު އެއް ވީޑިއޯ ކްލިޕް ކަމަށްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދާއި، ކޮންމެ ބޭނުމެއްގައި ނަމަވެސް މަޖިލިސް މެންބަރުންނަށް ވަރަށް ދީލަތި އެހީތަކެއް ވެދެއްވާ ކަމަށް ތުހުމަތުކުރެވޭ، މަޝްހޫރު މަހުޖަނު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަދި ހަމަ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް އާއި މެދު ކުރެވިފައިވާ މުޢާމަލާތެއް ކަމަށް ބެލެވޭ އޯޑިއޯ ކްލިޕް އަޑުއަހައިގެން ލިޔެފައިވާ ޑައިލޮގެކެވެ.

ނަޝީދު: އަނެއްކާ ލަ… މިހާރު ދެތިން މަސްވީ އަޅުގަނޑު ތިކަމަކުން ސަލާމަތް ނުވެގެން އުޅޭތާ.
ޤާސިމް: މިހާރު މިނިންމަނިއްޔޭ
ނަޝީދު: އަދިވެސް އޮފީހުގައި. މަޖިލީހުގައި ތިއުޅުއްވަނީ
ޤާސިމް: އާނ ހައެއް ޖެހި އިރު އައި ގޮތަށް. މިހާރު ނިންމާލާފައި މިދަނީ.
ނަޝީދު: އާނ އޯކޭ. އޯކޭ
ޤާސިމް: ކިހިނެއްވީ؟ މިދަނީ
ނަޝީދު: އަޅުގަނޑު ގުޅާލީ. އަތްމަތި ވަރަށް ދަތިތޯ ތިބޭފުޅާގެ
ޤާސިމް: ކިހިނެއްވީ؟
ނަޝީދު: އައި ނީޑް ސަމް ކޭޝް
ޤާސިމް: ކިހާވަރެއް؟
ނަޝީދު: …. ބޭނުން ވެގެން
ޤާސިމް: މިކޮޅަށް ކުއްޖަކު ނެތްތަ ފޮނުވާ ލެވޭކަށް؟
ނަޝީދު: މިގަޑީގައި ބޭފުޅާ ނޫޅޭނެ އިނގޭތޯ.
ޤާސިމް: ނޫޅޭނެ ދޯ
ނަޝީދު: މާދަމާ ހެނދުނުން ރަގަޅުވާނެ. ހަމަ މައްސަލައެއް ނެތޭ.
ނަޝީދު: އެކަމުދެން މީހުންނަށް ފެންނާނެ. ބަލާނެދޯ.
ޤާސިމް: ތިތަނުން އަޅުގަނޑު އެހެން ވެއްޖިއްޔާ، މީ އަނެއް ވިލާޔަށް އަނެއް މީހަކު ފޮނުވޭތޯ ބަލަންތޯ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު ގެ ބްލޮގްގައި އޭނާ ލިޔުއްވާފައިވާ ގޮތުން، އަތްމަތިދަތިވާ ފަހަރުތަކުގެ ތެރެއިން ބައެއްފަހަރު ބައެއް މީހުންގެ އަތުން ފައިސާގެ އެހީއަށް އެދިފައި ހުންނާނެއކަމަށާއި މީހަކު ކަމަކަށް އެދުމުން، އެކަން ކޮށްދިނުމަށް އަތުގައި އެ ޢަދަދަށް ފައިސާ ނުހުންނަފަހަރު، މީހުން އަތުން ފައިސާ ހޯދައިގެން އެކަން ކޮށްދީފައިވާނެކަމަށްވެސް މެމްބަރު ނަޝީދު ވިދާޅުވެފައިވެއެވެ.
ނަމަވެސް އާންމުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ މި މުޢާމަލާތް މިހާ ސިއްރުވެރި ގޮތަކަށް ގެންދިއުމުގެ ސަބަބުންނެވެ. އެހެން ކަމުން ގިނަ ފަރާތްތަކުން މިއީ ރިޝްވަތާ ގުޅުންހުރި ޢަމަލެއް ކަމަށް ބުނަމުން ގެންދެއެވެ.