ޖީއެމްއާރު އެއްބަސްވުން އުވާލުމާ ދެކޮޅަށް އެމްޑީޕީ ލ.ފޮނަދޫ ދާއިރާ އިން ނެރޭ ނޫސް ބަޔާން

އަޕްޑޭޓްކުރީ: ރާމިޒް

ލ. ފޮނަދޫ ދާއިރާ ނޫސް ބަޔާން

މި ނޫސް ބަޔާނަކީ ދިވެހިރާއްޖެއަކީ ސުލްޙަވެރިކަމާއި އެކުވެރިކަމުގައި އަވަށްޓެރި ޤައުމުތަކާއި އެކު ގުޅުންދަމަހައްޓާ ޤައުމެއްގެ ގޮތުގައި ޒަމާންތައް ގުނަމުންދިޔަ ދުވަސްތަކަށް ހިޔަނި އެޅޭގޮތަށް ދިވެހިރާއްޖޭގައި މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރުން ދިވެހިރާއްޖޭ ގެ ޤާނޫނުތަކާއި ބައިނަލް އަޤުވަމީ މިންގަޑުތަކާއި ޚިލާފަށް ކުރަމުންގެންދާ ޣައިރު ޤާނޫނީ ޢަމަލު ކުށްވެރިކޮށް ލ. ފޮނަދޫ ދާއިރާގެ ފަރާތުން ނެރުނު ނޫސްބަޔާނެކެވެ.

މިކަމުގައި މިދާއިރާގެ ފަރާތުން ފާހަގަކުރާ ކަންކަން

1. ޒަމާނުއްސުރެ ފެށިގެން ދިވެހިރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ މެލޭސިޔާ އަަދި އިންޑިއާގެ ވިޔަފާރީގެ ރޮގުން އެންމެ ފާހަގަކުރެވޭ 2 ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ރޭންކިންގަވެސް ގުނާލެވޭފަދަ ކުންފުންޔަކާއި ދިވެހި ސަރުކާރާއި ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމެއް އުވާލުމުގެ ހަމަތަކާއި ޚިލާފަށް ދިވެހި ސަރުކާރުން ވިޔަފާރީގެ އެއްބަސްވުން އުވާލާފައިވާކަން.

2. 2008 ވަނައަހަރުން ފެށިގެން ދިވެހިސަރުކާރުން އެއަރޕޯޓް ޕްރައިވެޓައިޒު ކުރުމަށް މަސައްކަތް ކުރިކަން އަދި 2 ފަހަރަށް މަސައްކަތްކޮށްގެން ވެސް އެކަމާއި ސައުޤުވެރިކަން ހުރިފަރާތެއް ނުލިބުނުކަން

3. އެގުރީމަންޓް އުވާލުމުގެ ސަބަބުން އިންޑިޔާ އަދި މެލޭސިޔާގައި ކިޔަވަންތިބި ދިވެހި ކުދިންނަށް އެޤައުމުތަކުގެ ސަރުކާރާއި ރައްޔިތުންގެ ނުރުހުމާއި ދުސްމިނުކަން ރައްދުވާނެކަން

4. ޚާއްޞަކޮށް އިންޑިއާ އަކީ ދިވެހިންގެ ޒަރޫރީ ގިނަބޭނުންތައް ފުއްދުމުގެ ބައިވެރިއާ ކަމުގައިވާއިރު މިކަމުގެ ސަބަބުން ދިވެހިއެންމެހާ ރައްޔިތުންނަށް ދިމާވެދާނެ އުދަގޫ ދަތިދުވަސްތަކުގައި ކުރަންޖެހިދާނެ ހިތި ތަޖުރިބާ.

5. އެއަރޕޯރޓް ކުންފުނި MACL އިން ރާއްޖެއަށް ބޭނުންވާ އިންޓަރނެސަނަލް އެއަރޕޯޓްގެ ޚިދުމަތް ދިނުމުގައި ފޭލްވެފައިކަން ފާހަގަކުރެވޭ، އެގޮތަކީ ވޭތުވެދިޔަ ދިގުމާޒީގައި އެކިފަހަރުމަތިން އޭސިއަން ޑިވެލޮޕް މަންޓް ބޭންކާއި އަދި އެހެނިހެން ބޭންކުތަކުން ނަގަމުންގެންދިޔަ ލޯނުތަކުން ހުޅުލޭގައި މިސްކިތެއް އެޅުންނޫން އެހެން ޚާއްޞަ ކުރިއެރުމެއް އެއަރޕޯޓަށް ލިބިފައިނުވާއިރު ޤައުމުގެ އެންމެ އިސްފަރާތުގެ އެންމެ ގާތް މީހުން އެއަރޕޯޓް ހިންގަންތިބެ ގަސްގަންނަށް ޔޫރަޕަށް ދަތުތުކުރުންނޫން އެހެންކަމަކަށް MACL އިންކުރަމުން ގެންދިޔަކަމަކީ ކަރަޕްސަން ގެހުރިހާ ޢަމަލެއް ހިންގުމެވެ.

6. ވެވިފައިވާ ވިޔަފާރީގެ އެއްބަސްމުގެ ދަށުން އެއްފަހާރާވެސް ދިވެހިސަރުކާރަށް GMR އިން ދީފައިވާ 1200 މިލިއަންދިވެހިރުފިޔާއަކީ ވޭތުވެދިޔަ 10 އަހަރުވެސް MACL އިން ސަރުކާރަށް ދެވިފައިނުވާވަރުގެ ބޮޑު އަދަދެއްކަން. އަދި 2011 ވަނަ އަހަރުވެސް 800 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް GMR އިން ދައްކާފައިވާކަން.

7. MACL އިން 2000 – 2010 އަށް ދިވެހި ސަރުކާރަށް ދައްކާފަވަނީ 92 މިލިއަން $ ކަން އެއީ އަހަރަކަށް 2.9 މިލިއަން $ ކަން

8. މިހާރުވެސް 350 ވަޒީފާގެ ފުރުޞަތު GMR އިން ދިވެހިންނަށް ދީފައިވާކަން.

9. މިހާރުވެސް ދިވެހި 29 ފަރާތަކަށް މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު GMR އިން ދީފައިވާކަން

10. ދިވެހި އެއްވެސް ރައްޔިތެއްގެ އަތުން ADC ނުނަގަން GMR އިން އެއްބަސްވާކަން

11. ދިވެހިސަރުކާރުގައި އެއަރޕޯޓް ހިންގުމުގެ ޤާބިލުކަމާއި ފެންވަރު ނެތްކަން

12. މިހާރުވެސް 200 މިލިއަން ރުފިޔާގެ މަސައްކަތް ދިވެހި ކުންފުނިތަކުން އެއަރޕޯޓުގައި ކުރަމުން ގެންދާކަން

13. އެއަރުޕޯޓް GMR އަތުން އަތުލަން އުޅޭ އުޅުމަކީ ސިޔާސީގޮތުން ހިންގަމުންގެންދާ ޖަރީމާއެއްކަމާއި އަދި އެކަމަކީ ކުރިއަށް އޮތް ރިޔާސީ ރޭހަށް ސަރުކާރު ހިންގާ ޕާޓީތަކުން ފައިސާ ހޯދުމަށް ރޭވިގެން ހިންގާކަމެއްކަމަށް ދުށުމުގެ ފުރުޞަތު ބޮޑުކަން.

14. ރާއްޖޭގެ ޓުއަރިޒަމުގެ މުސްތަޤުބަލް ގެދުރުމިން MDP ގެ ސަރުކާރުން ވިސްނާ 1 މިލިއަން ޓޫރިސްޓުންނަށް މިސްރާބު ބަހައްޓައިގެން ދުނިޔޭގެ ފެންވަރުގައި ދިވެހިރާއްޖޭގެ އިންޓަނަލް އެއަރޕޯޓް ބިނާކުރުމުގެ ވިސްނުމަށް ކުރަމުންގެންދިޔަ މަސައްކަތް ހުއްޓާލުމުކީ ދިވެހިރާއްޖެއަށް މާދަމާ އެފުރުސަތު ގެއްލިދާފަދަ ޢަމަލެއްކަން ފާހަގަކުރަން

މަތީގައިވާ އެންމެހާ ކަންކަމަށް ރިޢާޔަތް ކުރާއިރު ދިވެހިރާއްޖޭގައި މިހާެރު މިއޮތް ބާޣާވާތުގެ ސަރުކާރުން އެގުރީމަންޓެއް ބާތިލްކުރުމުގެ އެންމެހާ ހަމަތަކާއި އުޞޫލު ތަކާ ޚިލާފަށް އެގުރީމަންޓް ގައި ހިމެނޭ ދެފަރާތުންކުރެ ދިވެހި ބާޣީ ސަރުކާރުން ޝަރުޢީ އިންޞާފަކާ ނުލާ އެގުރީމެއްޓު ބާތިލު ކުރި ކުރުމަކީ އިސްލާމު ދީނާއި ދުނިޔޭގެ އެއްވެސް ޤާނޫނަކުން ހުއްދަކުރާ ކަމެއްނޫންކަމާއިި އަދި މިހާރު އެމައްސަލަ ސިންގަޕޯރގެ ކޯޓުން ނިންމާފައިވަނީ އާބިޓްރޭސަން ކޯޓުން ޙުކުމެއް ކަޑައަޅަންދެން އެގުރީމަންޓް ބާތިލު ނުކުރެވޭނެކަމަށެެވެ. އަދި ހަމަ މިއެއްބަސްވުމަކީ ދިވެހިރާއްޖެއަށް މިހާތަނަށް ކުރެވިފައިވާ އެންމެއަގުބޮޑު އިންވެސްޓުމަންޓް ކަމަށްވާއިރު އެއްބަސްވުމުގެއަގު 9000)ނުވަހާސް މިލިއަން ދިވެހިރުފިޔާ( އަށްއަރާކަން އެއީ ވިސަނަންޖެހޭކަމެއްކަން

ހަމައެއާއެކު އިންޑިޔާއާއި މެލޭސިޔާ އަކީ ދިވެހިން މިއަދު އެދެ ޤައުމުގެ މުހިންމުކަން ދެނެ އެ ޤައުމަތަކުން ތަޢުލީމު، ޞިއްޙީ ، އިޖުތިމާޢީ، އިޤުތިޞޯދީ ފައިދާތަކެއް ޙާޞިލް ކުރަމުން ގެންދާ ޤައުމުތަކަކަށް ވީހިދު އެފަދަ ޤައުމަކާ މެދު ކުރެވޭ މުހިންމު ވިޔަފާރިއާއި އެހެނިހެން މިފަދަ ބޮޑެތި މުޢާމަލާތް ކުރެވިފައިވާހިދު ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ކުރާ މިބާވަތުގެ އެންމެހާކަންކަމުން ދިވެހިންނަށް އިންޑީޔާ އަދި މެލޭސިޔާގެ ސަރުކާރާއި އެންމެހާ ރައްޔިތުންގެ ކިބައިން ލިބިދާނެ ފުރައްސާރަކުރުމާއި އެކިކަހަލަ ނުރައްކާތެރި ހަމަލާތަކަކީ މިއަދުގެ ދުނިޔޭގައި ނުވުމަށްވުރެ ބޮޑަށް އެކަމެއް ވުންކައިރި ކަންކަމަށްވާއިރު މިއިން އެއްވެސްކަމަކާއި ބާޣާވާތުގެ ސަރުކާރުން ވިސްނާފައިނުވާކަން ފާހަގަކުރެވެއެވެ.

އަދި މިއަދަކީ ފޮރިން އިންވެސްޓަރުން ހޯދުމަށް ދުނިޔޭގެ ބޮޑެތި އަދި ކުދި ޤައުމުތަކުން ބުރަ މަސައްކަތްތަކެެއް ކުރަމުންދާ ދުވަސްވަރަކަށްވީހިދު ފޮރިންއިންވެސްޓަރުންގެ އެެއްބާރުލުން ނުލިބި އެއްވެސް ޤައުމެއްގެ އިޤުތިޞޯދު ކުރިއަރާނެެ ވަޞީލަތެއް ނެތް ދުނިޔެއެއްގައި އަޅުގަނޑުމެން އުޅެމުންގެންދާއިރު މިފަދަ އަގުބޮޑު އެގުރީމަންޓެއްގައި ހިމެނޭ އެެއްފަރާތަކުން އެ އެގުރީމަންޓް އުވާލާ އެގުރީމަންޓްގައި ހިމެނޭ އަނެއްފަރާތް 7 ދުވަހުގެ ތެރޭގައި އިންވެސްޓްމަންޓް ދޫކޮށް މަސައްކަތް ހުއްޓާލާ ޤައުމުދޫކޮށް ދާން އަންގާ ތިރީސް ދުވަހުގެ ތެރޭގައި އިންވެސްޓަރުގެ މުދަލާއި ތަކެތި ގެންދަންއެންގި ހިދު އިންވެސްޓަރު ކޮށްފައިވާ އިންވެސްޓްމަންޓްގެ ބަދަލު ހޯދުމާއި އެންމެހާ ޤާނޫނީ ކަންކަމާމެދު ބަޣާވާތުގެ ސަރުކާރުން ނުވިސްނާކަންވެސް ފާހަގަކުރެވެއެވެ.
GMR އާއި ދިވެހި ސަރުކާރާއި ދެމެދު ކުރެވިފައިވާ އެގުރީމަންޓުގައި ކަޑައެޅިފައިވާގޮތުގެ މަތިން އެެއްވެސް ބާވަތެއްގެ މަސްއަލައެއް ދިމާވެއްޖެނަމަ 60 ދުވަހުގެ ނޯޓިސް ދިނުމާއި އެކު ދެފަރާތުން ވާހަކަދެއްކުމަށް ކަޑައަޅާފައިވާކަމާއި އަދި އެވާހަކަތަކުން އެކަށީގެންވާ ހައްލެއް ނުލިބުނުނަމަ ސިންގަޕޯރގެ އާބިޓްރޭސަން ކޯޓުން ކުރާ ޙުކުމުއަށް ދެފަރާތުން އެއްބަސްވާންޖެހޭނެކަމަށް އެގުރީމަންޓްގައި ކަޑައަޅާފައިވާއިރު މިއިންއެއްވެސްކަމަކާއި ދިވެހިރާއްޖޭގައި މިއަދުއޮތް ބަޣާވާތުގެ ސަރުކާރުން ނުވިސްނާކަން ފާހަގަކުރެވެއެވެ.
އަދި ހަމައެފަދައިން GMR އާއި ދިވެހި ސަރުކާރާއި އެކު ވެވިފައިވާ އެއްބަސްވުމަކީ އައިއެމްއެފު އަދި ވޯލްޑު ބޭންކުގެ ވާގިވެރިކަމާއި ލަފައާއި އިރުސާދުގެ މަތިން އެދެފަރާތުގެ ޙާޒިރުގައި ވެވިފައިވާ އެއްބަސްވުމަކަށްވީހިދު އެއިންފަރާތެއްގެ އެއްވެސްކަހަލަ އެގުމަކާއި ލަފައެއްވެސް ބަޣާވާތުގެ ސަރުކާރުން ހޯދާފައިނުވާކަންވެސް ފާހަގަކުރެވެއެވެ. މިހާެރު ދިވެހި ސަލާމަތީ ބާރުތަކުން ހަމައާއި އިންޞާފުގެ ބޭރުން އެއަރޕޯޓަށް އަރަން ނިންމި ނިންމުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއްކަން ފާހަގަކުރަން.

އެހެންކަމުން ލ. އަތޮޅު ފޮނަދޫދާއިރާގެ MDP ގެފަރާތުން ދިވެހިރާއްޖޭގައި މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރަށް މިގޮވާލަނީ މިހިދުން މިހިދަށް ދިވެހިރާއްޖޭގައި އިންވެސްޓުކޮށްގެން ތިބި އިިންވެސްޓަރުންގެ އިންވެސްޓުމަންޓްތަކާއި ރާއްޖެއާއި ރާއްޖޭންބޭރުގައި ދިރިއުޅެމުންދާ ދިވެހި އެންމެހާފަރާތްތަކުގެ ހިމާޔަތާއި ރައްކާތެރިކަމަށް ވިސްނުމާއި އަދި އިސްލާމީ ރިވެތި އަޙުލާޤީ ހަމަތަކުގެމަތިންނާއި އިސްލާމް ދީނާއި ދުނިޔޭގެ ޤާނުތަކަށް ބޯލަބާ GMR އާއި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމާއި ޚިލާފަށް GMR އިން އެއްވެސްކަމެއް ކުރަމުންދާނަމަ ޝަރުޢީ ޙުކުމަކުން ނިންމާނިންމުކަށް ބާޣީ ސަރުކާރުން ތަބަޢަވެ ހަރުކަށިކަމާއި ގޮތްދޫނުކުރުމުގެ އުޞޫލު ދޫކޮށްލުމަށެވެ. އަދި ބާޣީ ސަރުކާރުން ހިންގި މި ނުރައްކާތެރި ޢަމަލު އެންމެހަރުކަށި ޢިބާރާތުން ލ. ފޮނަދޫ ދާއިރާގެ MDP ފަރާތުން ކުށްވެރިކުރަމެވެ.

ފޮނަދޫ ދާއިރާގެ ރަައީސް
މުޙަންމަދު ޒާހިރު )އޯކޭ ޒާހިރު(9911800