އެމްޑީޕީ މ.މުލަކު ދާއިރާ
މ.މުލައް.
ނޫސްބަޔާން
ޒަމާނުއްސުރެ މިރާއްޖޭގެ އިޤުތިޞާދުގެ މައިގަނޑު ވަޞީލަތްތައް ކަމުގައިވާ
ކާބޯތަކެއްޗާއި، ޞިއްޙީފަރުވާއާއި، ތަޢުލީމާއާއި، މިދާއިރާތަކުގެ އިންސާނީ ވަޞީލަތާއި އަދި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ފަދަ ކަންކަމަށް އިންތިހާއަށް ބަރޯސާ ކުރަންޖެހިފައިވަނީ މިސަރަހައްދުގެ އެންމެ ބޮޑުބާރު ކަމުގައިވާ އިންޑިއާ ކަމަށްވެފައި، އިޤުތިޞާދީގޮތުން އިންޑިއާގެ ބޮޑުކުންފުންޏެއް ކަމުގައިވާ ޖީއެމްއާރުން ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް ރާއްޖޭގެ އިބުރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯރޓަށް ކުރަމުންދާ އިންވެސްޓް މެންޓް، މިހާރު މިރާއްޖޭގެ ވެރިކަމުގައި ގަދަބާރުންތިބި ބަޔަކު ސިޔާސީ މަގުޞަދެއް ހާޞިލުކުރުމަށް ދިވެހި ރައްޔިތުންގެ ލާބަޔަށް ބަލާލުމެއްނެތި އަދި ރައްޔިތުން މަޖިލީހުގެ ބަހެއްވެސް ނެތި އަދި އެއްވެސް ސަރުޢީ ނިންމުމަކާއި ނުލާއި، ދިވެހިސަރުކާރުން ޖީއެމްއާރާއި އެކު އެއާރޕޯރޓް ތަރައްޤީކުރުމަށް ވެވިފައިވާ އެއްބަސްވުން ބާތިލުކުރުމަށް އިޢުލާން ކުރިކުރުމަކީ މިދާއިރާގެ ރައްޔަތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއް ކަމުގައި ހާމަކުރަމެވެ.
މިފަދަ ބޮޑު އިންވެސްޓްމަންޓެއް މިރާއްޖޭގައި ކޮށްފައިވާ ފަރާތެއް އެއްވެސް ހަމައެއް އިންސާފެއްނެތި ރާއްޖެއިން ބޭރުކުރާ ކުރުމަކީ ރާއްޖެއަށް އިތުރު ފޮރިންއިންވެސްޓްމަންޓް އައުން ހުއްޓުމަކަށް އަންނާނެ ކަމެއް ކަމުގައިވެސް މިދާއިރާއިން ދެކެމެވެ. އަދި މިފަދަ އިލްމީ ޒަމާނެއްގައި ތަރައްޤީ ވަމުން އަންނަ ޤައުމީ އުފެއްދުންތެރިކަން މަދު ގައުމަކުން ކޮންގެން ވާނެ ކަމެއްކަމުގައި ނުދެކެމެވެ.
މިބީދައިން، ރާއްޖޭގައި ކުރެވޭ އަދި ކޮށްފައިވާ ފޮރިންއިންވެސްޓްމަންޓްތައް ކުރުމުއްދަތެއްގެ ސިޔާސީ މަގުޞަދު ހާޞިލުކުރުމަށް މިހާރު ސަރުކާރު ހިންގުމަށް ވެރިވެތިބި މީހުން ބާތިލު ކުރަމުންދާނަމަ ، މިކަމުގެ ސަބަބުން ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް ދާއިމީ އިޤުތިޞާދީ އަދި އިޖުތިމާޢީ ފޫނުބެދޭފަދަ ބޮޑެތި ގެއްލުމާއި އަދި ގޮންޖެހުމާއި ކުރިމަތި ލާންޖެހޭނެތީ، ޖީއެމްއާރާއި ދިވެހި ސަރުކާރާއި މެދު ވެވިފައިވާ އެއްބަސްވުން މިފަދަގޮތަކަށް ބާތިލުކުރާ ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިކަމުގެ ހަޤީގަތް އޮޅުވާލުމަށް ބައެއް މީޑިއާ ތަކުން ކުރަމުންދާ މަސައްކަތްވެސް އެހާމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.
01 ޑިސެމްބަރ 2012