ޖީއެމްއާރު އެގްރީމެންޓް ބާތިލްކުރުން އެމްޑީޕީ ތޮއްޑޫ ދާއިރާއިން ކުށްވެރިކުރުން

އަޕްޑޭޓްކުރީ: ރާމިޒް


އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާގެ އޮފިސް
އަޅިވިލާގެ / އއ.ތޮއްޑޫ

ނޫސްބަޔާން

އެމް.ޑީ.ޕީ ސަރުކާރުން މައުމޫނުގެ 30 އަހަރުގެ ވެރިކަމުގައި މާލެ އިންޓަރނޭޝަނަލް ބާލިދީ އެއާރޕޯރޓްގެ ގޮތުގައި މަޝްހޫރުވެފައިވާ މިޤައުމުގެ ވައިގެ މައި ދޮރާށި އެންމެ މިޒަމާނުގެ ފެންވަރަށް ތަރައްޤީކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރު ގުރޫޕަށް 25 އަހަރަށް ދިނުމުން މިދާއިރާގެ ރައްޔިތުން މިތިބީ ނުހަނު ހިނިތުންވުމާއި އުފަލާއި އެކުގައެވެ. ދިގު ޒަމާންތަކަކަށް ފަހު އަންތަރީސް ވާހައި ތަރައްޤީ މިޤައުމަށް އަންނާތީ އެކަމުގެ އުފަލުގައެވެ.

ފެބްރުއަރީ 7 ގައި ބަޢާވާތަކުން ރާއްޖޭގެ ވެރިކަމަށް އަރާ ތިބި ސަރުކާރުގެ ބާޢީ ވަޒީރުން މި ވަނީ ޖީ.އެމް.އާރ އާއި އެމް.ޑީ.ޕީ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ އެ އެއްބަސްވުން ވެވުނު ދުވަހުން ފެށިގެން ބާތިލް އެއްބަސްވުމެއް ކަމަށް ބުނެ އެއްބަސްވުން ބާތިލްކޮށްފައެވެ.

މިދާއިރާއިން ދެކެނީ މިއަމަލަކީ މިޤައުމުގެ ތަރައްޤީ އާއި މިޤައުމުގެ އަންނަށް އޮތް ޖީލް ކަމުގައިވާ މާދަމާގެ މިޤައުމުގެ މުސްތަޤްބަލާ ދެކޮޅަށް، އަދި މިޤައުމަށް އިންވެސްޓް ކުރަން ތިއްބެވި ފޮރިން އިންވެސްޓަރުންނަށް ދިވެހިރާއްޖޭގައި އެބައިމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ނެތްކަމަށް މުޅި ދުނިޔެއަށް މި ބާއީ ސަރުކާރުން ދިން ވަރުގަދަ އިންޒާރެއް ކަމުގައެވެ. މިފަދަ ތަހުޒީބީ ދުނިޔެއެއްގައި ފެނިގެން ނުވާނެފަދަ ދަށުދަރަޖައިގެ މި އަމަލު އެއީ މިދާއިރާގެ ރައްޔިތުންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ. އަދި މިދާއިރާގެ ފަރާތުން އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

މިދާއިރާއިން މިގޮވާލަނީ ޖީ.އެމް.އާރ ގެ އެގްރިމެންޓް އެއީ ސައްހަ އަދި މިޤައުމަށް ނުހަނު ފައިދާ ވާނެ އެގްރިމެންޓްއެއްގެ ގޮތުގައެވެ. މިދާއިރާއިން މި ގޮވާލަނީ އެގްރިމެންޓްގައިވާ ހަމަތަކުގެ މަތިން އެގްރިމެންޓް ރޫޅާ ނުލެވޭހާ ހިނދަކު ޖީ.އެމް.އާރުން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއާރޕޯރޓް ހިނގުމުގައި ދިވެހި ރައްޔިތުންނަށްޓައި ބާކީ އޮތް 23 އަހަރު ސާބިތުކަންމަތީ ދެމިތިބުމަށެވެ. މިދާއިރާގެ އެންމެ ރައްޔިތުން މިތިބީ ޖީ.އެމް.އާރު އާއި އެކީގައި ކަންވެސް މިފުރުސަތުގައި އުފަލާއި އެކީ ދަންނަވަމެވެ.

އަދި މިޤައުމުގެ މުސްތަގްބަލަށާއި، ގައުމުގެ ކުރިމަގުގެ ތަރައްޤީއަށްޓަކައި ބާޢީ ސަރުކާރުން ބާތިލްކުރި ޖީ.އެމް.އާރުގެ އެގްރީމެންޓް އަނބުރައި ގެންދިއުމަށް ޑރ.ވަހީދު ހަސަންމަނިކަށާއި އެބޭފުޅާގެ ބާޢީ ކެބިނެޓަށް މިހިދުން މިހިނދަށް ގޮވާލަމެވެ.

ބަޔާން ނެރުނީ: ޙަސަން ޝިޔާން
އެމް.ޑީ.ޕީ ތޮއްޑޫ ދާއިރާ