އެމްޑީޕީގެ އާންމު ޖަލްސާ އެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެ

4 ޖުލައި 2010

އެމްޑީޕީ އިން ކޮރަޕްޝަނާ ދެކޮޅަށް ފަށާފައިވާ ކެމްޕެއިންގެ ދަށުން މިރޭ އެޕާޓީގެ ހަރުގޭގައި އާންމު ޖަލްސާއެއް ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
މިޖަލްސާ ފެށޭނީ މިރޭ 9 ޖަހާއިރުއެވެ. އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން މިޖަލްސާގައި ބައިވެރިވެވަޑައިގެންދެއްވުމަށް އެޕާޓީން އެދެއެވެ.