ނޫސް ބަޔާން: ޖީއެމްއާރު އެއްބަސްވުން އުވާލުން ކުށްވެރިކޮށް އެމްޑީޕީ އައްޑޫ ސިޓީ ފޭދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން


މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ފޭދޫއަވަށުގެ އޮފީސް
އައްޑޫސިޓީ/ ސ.ފޭދޫ

ނޫސްބަޔާން

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯރޓް ހިންގަން ޙަވާލުކޮށްފައިވާ އިންޑީޔާގެ ކުންފުންޏެއް ކަމުގައި ޖީ،އެމް،އާރު އާއި ދިވެހި ސަރުކާރާއި ދެމެދު އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ވެފައިވާ ކޮންޓްރެކްޓަކީ އުފެދުނު އިރުގައި ބާޠިލް ކޮންޓްރެކްޓެއް ކަމުގައި މިހާރު އުފެދިފައިވާ ބާޣާވާތުގެ ސަރުކާރުގެ ވަޒީރުންގެ މަޖްލީހުން ބުނާބުނުމަކީ މިދާއިރާއިން އެއްވެސް ޙާލަތެއްގައި ޤަބޫލް ކުރާ ބުނުމެއް ނޫނެވެ.

މި ކޮންޓްރެކްޓް އަބިޓްޭޝަންއާއި ނުލައި ރޫޅާލައިފިނަމަ ދިވެހި ރައްޔިތުންނާއި ދިވެހި ދައުލަތަށް އިޤތިޞާދީ ގޮތުން ނާއި މާލީގޮތުން ފޫނުބެއްދޭނެވަރުގެ ގެއްލުންތަކެއްވާނެކަން މި ދާއިރާއިން ދެކެމެވެ. އަދި އެކަން އެގޮތަށް ވެއްޖެ ނަމަ އައްޑޫސިޓީ ފޭދޫދާއިރާއިން އެކަން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާނަމެވެ. އަޅުގަޑުމެމް މި ބަޣާވާތުގެ ސަރުކާރަށް ގޮވާލަނީ ދެފަރާތުން ވެފައިވާ ކޮންޓްރެކްޓްގައިވާ އެންމެހާ ހަމަތަކުގެމަތިން ކޮންޓްރެކްޓް ރޫޅާ ނުލެވޭހާ ހިނދަކު ކޮންޓްރެކްޓްގައިވާ އިމުން ބޭރުނުވެ އެ އިމުގެ ތެރޭގައި ތިއްބަވައިގެން ޖީ،އެމް،އާރު ބޭރުނުވުމަށެވެ. ޖީ،އެމް،އާރު އަޅުގަޑުމެންގެ އިޤްތިޞާދުގެ މައިދޮރު ކަމުގައިވާ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ހިންގުމުގައި ދެމިތިބުމަށް މިދާއިރާއިން ގޮވާލަމެވެ. އަދި މިހާރު އުފެދިފައިވާ ޣައިރު ޤާނޫނީ އަދި ބަޣާވާތުގެ ސަރުކާރުގެ އެއްވެސް އަމުރަކަަށް ބޯނުލެނބުމަށެވެ. އެއީ އަމިއްލަ އެދުމުން ފޯވެފައިވާ ވެރިކަމުގެ ދަހިވެތި ކަމުގައި ދިވެހިންގެ ލޭބޯންތިބި ބަޔަކު އަޅުގަޑުމެންގެ ޤައުމަށް ގިނަގުނަ ގެއްލުންތަކެއް ދޭތަން ބަލަން ފަސްޖެހިފަ ނުތިބުމަށެވެ.

ބައިނަލް އަޤުވާމީ ފެންވަރުގައި ކުރިއަރަމުން އަންނަ އިންޑިޔާގެ ބޮޑު އެއް ކުންފުންޏާއި ދިވެހި ސަރުކާރުގެ ނަމުގައި ބަޔަކު ޣައިރު ޤާނޫނީ މުޢާމާލާތެއް ކުރާކަމީ މުޅި މިޤައުމަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްކަން މި ދާއިރާއިން ޤަބޫލް ކުރަމެވެ.

28 ނޮވެމްބަރ 2012

ބަޔާން ނެރުނީ: އެމްޑީޕީ އައްޑޫސިޓީ ފޭދޫ ދާއިރާ