ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ އެމްޑީޕީ ހަރުގޭގައި

މިރޭ 8.45 ގައި އެމްޑީޕީގެ ހަރުގެ، ގ ދުންފިނިހިޔާގައި ގައުމީ މަޖިލިހުގެ ބައްދަލުވުމެއް އޮންނާނެއެވެ. އެ ބައްދަލުވުމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުންނަށް ޕާޓީ ޓިކެޓް ދިނުމުގެ މަސައްކަތް ހިންގާ 5 މެމްބަރުންގެ ކޮމިޓީގެ ފަރާތުން ޕާޓީ ޓިކެޓް ދިނުމަށް ބައެއް މެމްބަރުންގެ ނަން ގައުމީ މަޖިލިހަށް ހުށަހަޅާނެއެވެ. 5 މެމްބަރުންގެ ކޮމިޓީން ހުށަހަޅާ މެމްބަރުންގެ ތެރޭގައި 30 ޖެނުއަރީ 2009 އާއި 7 ފެބްރުއަރީ 2009 ވަނަ ދުވަހު އޮތް އެމްޑީޕީގެ ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބުނު ބައެއް ފަރާތްތައްވެސް ހިމެނޭނެއެވެ.