ރައީސް މުހަންމަދު ނަޝީދުގެ ޚާއްޞަ މަންދޫބު ނޢއވ އިބްރާހީމް ޙުސައިން ޒަކީގެ ނޫސް ބަޔާން


ރައީސް މުހަންމަދު ނަޝީދު ގެ ޚާއްޞަ މަންދޫބުގެ އޮފީސް
ހުޅުގަލި، ހެންވޭރު، މާލެ

” ދިވެހިރާއްޖޭގެ ސަލާމަތީ ހާލަތު ހަލުވިގޮތެއްގައި ހީނަރުވަމުންދާކަމާ، ބައިނަލް އަގުވާމީ ގާނޫނުތަކަށް އެކުވެރި ދައުލަތްތަކުން ހުރުމަތްތެރިކޮށް ހިތުމަށް އޮންނަ ވާޖިބާއި މެދު އަޅުގަނޑު މިފަހުން އިންޑިޔާގައި ބުނެފައިވާ ވާހަކަތައް ބައެއްފަރާތްތަކުން ކަނޑައެޅިގެން އޮޅުވާލައްވާފައިވާތީ ނުހަނު ކަންބޮޑުވުން ފާޅުކުރަމެވެ.

ދިވެހިރާއްޖެއާއި އިންޑިޔާއާއި ދެމެދު މި އޮންނަ ޒަމާންވީ އެއްބާރުލުމަށް ރިއާޔަތް ކޮށް މިމޭރުމުން އަޅުގަނޑު ދެއްކި މިވާހަކަތައް ބުނެފައިވާނީ ޞުލްހަވެރިކަމާ އަދި ގާނޫނީ ގޮތުން އަމަން އަމާންކަން ދެމެހެއްޓުމާމެދު މިޒަމާނުގައި ތަރުހީބު އިތުރުވަމުން ދާ ހިމާޔަތްކުރުމުގެ މަޞްޢޫލިއްޔަތަށާ، ދެގައުމުގެ ވެސް ޢާންމު މަޞްލަހަތަށް ވިސްނައެވެ. އެ ވާހަކަތަކުން އިޖާބަދެވިފައި އެވަނީ ސިޔާސީ ގޮތުން ކުރެވޭ ހާނީއްކައާއި އަނިޔާ ތައް ދިވެހިރާއްޖޭގައި ގިނަވަމުންދާދިއުމާމެދު ވަރަށް ސާފު ބައިނަލްއަގުވާމީ މިންގަނޑުތަކެއް ކަނޑައެޅިފައި ހުރީތީއެވެ.

ދިވެހިރާއްޖޭގެ ސިޔާދަތަށް ބުރޫއަރާފާނެ ނުވަތަ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ޗާޓަރާ ޚިލާފް ބޭނުމެއްފުއްދާން އަޅުގަނޑު އެދިފާނެ ކަމަށް ނުވަތަ އިންޑިޔާއިން އެފަދަ އެދުމެއް ބަލައިގެން ފާނެކަމަށް ބުނަމުން ދިއުން ވާނީ ލަދުވެތިކަމެއް ނެތި ދެކެވޭ ތާކުންތާކުނުޖެހޭ ވާހަކަތަކަކަށެވެ. އިންޑިއާގައި އަޅުގަނޑު ބުނެފައިއެވާ ވާހަކަތައް ހިމެނިފައި ވާނީ، އެގަރާރުގެ މުޞައްނިފަކީ އަޅުގަނޑުކަމުގައި ހުރެ ދިވެހިރާއްޖެއިން 1989 ވަނައަހަރު ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އަށް ހުށައެޅި ކުދިގައުމު ތަކުގެ ސަލާމަތްތެރިކަމާ ހިމާޔަތާ މެދު ފާސްކުރެވިފައިވާ ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ގަރާރު ނަމްބަރު 51/44 ގެ އޮނިގަނޑުގެ ތެރޭގައެވެ. އެވާހަކަތައް ޖުމްލަގޮތެއްގައި ގުޅިފައި އެހެރީ ދެގައުމުގެ ދެމެދުގައިވާ ގުޅުންތަކާމެދު އަދި ސަރަހައްދީ ގޮތުންވެސް ދެގައުމުގެ ދެމެދުގައި ވެވިފައިވާ ރަސްމީ އެއްބަސްވުންތަކާއެކު، ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގެ ގަރާރު ނަމްބަރު 2625 ގައި ބަޔާންކުރެވިފައިހުރި އުޞޫލުތަކާއެވެ.

ދިވެހި ރާއްޖޭގެ ތަރައްގީގެ މަޝްރޫޢު ތަކުގައި ރައީސް މުހަންމަދު ނަޝީދުގެ ދައުރުގެ 3 އަހަރުތެރޭ އިންޑިޔާގެ ވިޔާފާރިތަކުން 800 މިލިޔަން ޔޫއެސްޑޮލަރަށްވުރެ ގިނަ މިންވަރަކަށް އިންވެސްޓް ކުރައްވާފައިވާކަން ފާހަގަކޮށްލުމަކީ މުހިންމުކަމެކެވެ. އެއީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކާ އެކު ތަޢާރަފުކުރެވެމުން ދިޔަ ޑިމޮކްރެޓިކް ނިޒާމާއިމެދު އުފެދިފައިވާ އިތުބާރުގެ ރަމްޒު ތަކަކާއި ދަލީލު ތަކެކެވެ.

ސަރަހައްދީ ހިމާޔަތުގެ އެއްބާރުލުމަކަށް ގޮވާލުމަކީ ގައުމަށް ޣައްދާރުވުން ކަމުގައި ބުނުންމުން، އެކަހެރިވެ ސިފަވެގެން ދަނީ ދިވެހި ރާއްޖޭގައި މިހާރު ވެރިކަންކުރައްވަމުން އެގެންދަވާ ފަރާތްތަކުގެ ބައިނަލްއަގުވާމީ ނަޒަރިއްޔާ ނުބައިކަމެވެ. އަދި އެފަދަކަންކަމުން އަޅުގަނޑު ބަރީއަވެގެންވާކަމުގައި ގަދައަޅައި ދަންނަވަމެވެ. ”


އިބްރާހީމް ހުސައިން ޒަކީ

ރައީސް މުހަންމަދު ނަޝީދުގެ ޚާއްޞަ މަންދޫބު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ