ވައުދުގެ ދަތުރަށް ރަށް ޒީނަތްތެރިކުރުމަށް ދުވާފަރުން ފަންޑްރައިޒް ކުރަން ފަށައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީން އަތޮޅުތަކަށް ފަށާފައިވާ ވައުދުގެ ދަތުރަށް ރަށް ޒީނަތްތެރިކޮށް އެދަތުރާ ގުޅިގެން ކުރަންޖެހޭ ޚަރަދުތައް ކުރުމަށް ފައިސާ ހޯދުމުގެ ގޮތުން ދުވާފަރު އެމްޑީޕީ މެންބަރުން މިހާރުއްސުރެ ފަންޑްރައިޒް ކުރަން ފަށާފައިވާ ކަމަށް އެމްޑީޕީ ދުވާފަރު ދާއިރާއިން މައުލުމާތުދީފިއެވެ.

ދުވާފަރުން މައުލޫމާތު ލިބުނު ގޮތުގައި މިހާތަނަށް އެރަށު އެމްޑީޕީ މެންބަރުން ވަނީ މަސައްކަތު ދުވަހެއް ފާހަގަކުރުމުގެ އިތުރުން އުޖޫރައަށް ވެލިނަގަން ގޮސްގެން ވެސް ފައިސާ ހޯދާފައެވެ. މީގެ އިތުރުން ވެސް ކުރިޔަށް ފަންޑްރައިޒްކުރުމުގެ ހަރަކާތްތައް ރޭވިފައިވާ ކަމަށް އެދާއިރާއިން މައުލޫމާތުދެއެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައި ދިރިއުޅޭ އެމްޑީޕީގެ މެންބަރުން ވަރަށް ފޯރިއާއެކު މަސައްކަތްކުރާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. ނަތީޖާއެއްގެ ގޮތުން ވައުދުގެ ދަތުރުގެ ބައިވެރިންނަށް މަރުހަބާ ކިޔުމާއި އެހެނިހެން ހަރަކާތްތައް ވަރަށް ފުރިހަމަކަމާއެކު ބާއްވާކަން އެމްޑީޕީން ފާހަގަކުރެއެވެ.