އެމްޑީޕީ ބާޒާރު މިރެއާއި މާދަމާރޭ ވެސް ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމުގެ ގޮތުން އުސްފަސްގަނޑުގައި “އެމްޑީޕީ ބާޒާރު”ގެ ނަމުގައި ކުރިޔަށް ގެންދާ ނައިޓްމާކެޓް މިރެއާއި މާދަމާ ރޭ ވެސް ކުރިޔަށް ގެންދާ ގޮތަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ހޯދުންތަކާއި ސިޔާސަތު އެކުލަވާލުމާއިބެހޭ ކޮމެޓީގެ މުގައްރިރު އަދި އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ މަހުމޫދު ރާޒީ މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ހުޅުއްވައިދެއްވި އެމްޑީޕީ ބާޒާރު އިތުރު 2 ދުވަހަށް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެއްސީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށް އެމްޑީޕީ ފަންޑްރައިޒިންގ ކޮމިޓީން ބުނެއެވެ.

ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ކޮންމެ އަހަރަކު ބާއްވާ ނައިޓް މާކެޓް ކޮންސެޕްޓަށް މޭޒު ވިއްކައިގެން ކުރިއަށް ގެންދާ އެމްޑީޕީ ބާޒާރު ކުރިއަށްގެންދަނީ ކޮންމެ ދުވަހެއްގެ ހަވީރު 5ން ފެށިގެން ރޭގަނޑު 11 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ.

އެމްޑީޕީ ބާޒާރު ހިނގަމުންދާއިރު ލަވައަށް ރިކުއެސްޓް ކުރުމާއި، އިޝްތިހާރު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ. ކުރިން މި ބާޒާރު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ރޭގެ ނިޔަލަށެވެ.