ކޮލަމާފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީގެ 5 މެންބަރުން ހޮވިފައިވާތީ އުފާފާޅުކުރުމުގެ ގޮތުން ހަފްލާއެއް ބާއްވައިފި

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ގއ.ކޮލަމާފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް އެމްޑީޕީގެ 5 މެންބަރުން ހޮވިފައިވާތީ އެކަމުގައި އުފަލުގައި އުފާފާޅުކުރުމުގެ ހަފްލާއެއް އެރަށުގައި ބާއްވައިފިއެވެ.

ކޮލަމާފުށީ އުސްފަސްގަނޑުގެ ނަމުން އެރަށުގައި މަޝްހޫރުވެފައިވާ “އޮޅަދިޔެ ކެފޭ” ސަރަހައްދުގައި އިއްޔެ ހަވީރު ބޭއްވި މި ހަފްލާގައި އެރަށު ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ މެންބަރުންނާއި، އެރަށުގައި އިސްކޮށް ހަރަކާތްތެރިވާ އެމްޑީޕީ މެންބަރުންގެ އިތުރުން އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއެވެ.

ކޮލަމާފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީޕީއެމްގެ 5 މެންބަރުންނާ ވާދަކޮށް އެ އިންތިޚާބު ކާމިޔާބުކުރެއްވީ އެމްޑީޕީގެ 5 މެންބަރުން ކަމަށްވާ، އެރަށު ފަހާގޭ ރިޔާސާ އާދަމް އާއި، ޒިޔާރަތްފެންނަގޭ ރާމިޒާ މުޙަންމަދު އާއި، މާތިލަ ނައީމާ ގާސިމް އާއި، ތަރި ޝާމާ ތައްޚާންގެ އިތުރުން ޗާންދަނީ ވިލާ ޝަޒްނާ ޝަރީފް އެވެ.

މި ހަފްލާގައި ބައިވެރިވި ފަރާތްތަކުން ވަނީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ އާއި، އެމްޑީޕީގެ ސްޕޯކްސްޕާސަން އިންޓަރނޭޝަނަލް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލްޤަފޫރާއި، ރައީސް ނަޝީދުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އާއި ކޮލަމާފުއްޓަށް އުފަން، ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހައްޔަރުކުރިކުރުން ކުށްވެރިކޮށް ޝުއޫރުފާޅުކޮށްފައެވެ.