ވަށަފަރު ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާނީ އަހުމަދު މުޖުތަބާ

ހއ. ވަށަފަރު ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓަކީ ހއ.ވަށަފަރު ދިލްބަހާރުގޭ އަހުމަދު މުޖުތަބާ ކަމުގައި އެމްޑީޕީގެ އިންތިޚާބާއި ބެހޭ ކޮމިޓީން ކަނޑައަޅައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަދި އެމްޑީޕީ ސެކްރެޓޭރިއަޓްގެ އިންތިޚާބާއި ބެހޭ ފޯކަލް ޕޮއިންޓް އަހުމަދު އަކުރަމް ވިދާޅުވީ އަހުމަދު މުޖުތަބާގެ އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި، މާދަމާ ޝާފިއުގެ ކެންޑިޑެންސީ ގަބޫލުކުރި ކަމުގެ ލިޔުން ލިބިވަޑައިގަންނަވާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީން އިއްޔެ ވަނީ ރ.އިންނަމާދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓްގެ ނަން ވެސް އިއުލާންކުރައްވާފައެވެ. އިންނަމާދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރައްވާނީ ރ.އިންނަމާދޫ އޯޝަންވިލާ ހުސައިން ޝާފިއު އެވެ.

ހއ. ވަށަފަރު ކައުންސިލް އަދި ރ. އިންނަމާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ 16 ޑިސެމްބަރ 2012 ވާ ހޮނިހިރު ދުވަހު އެވެ.