ޖުމްހުރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑީޕީއިން ބާއްވާ ޚާއްސަ ޖަލްސާ މިރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ

ޖުމްހުރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑީޕީން ބާއްވާ ޚާއްސަ ޖަލްސާ މިރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ އެވެ.

މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާއަށް އެމްޑީޕީގެ އެންމެހާ މެންބަރުންނަށާއި ތާއިދު ކުރައްވާ އެންމެހާ ފަރާތްތަކަށް އެމްޑީޕީން ދައުވަތު އަރުވައެވެ.

މި ޖަލްސާ ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ކެބިނެޓްގެ ބައެއް މިނިސްޓަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅުދައްކަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާ ރާއްޖެޓީވީން ވަގުތުން ދުރަށް ދައްކާނެއެވެ.