އެމް.ޑީ.ޕީ ނަޑެއްލާ ޒުވާނުންގެ ގޮތްޕާއި ނަޑެއްލާ ފިޔަލަ ގޮފީގެ ފަރާތުން އިސްނަގައިގެން ހިނގާލުމެއް ބާއްވައިފި

3 ޖުލައި 2010

dscn4851

މަތިދެކުނު ޕްރޮވިންސްގެ ގދ.ނަޑެއްލާގައި އެމް.ޑީ.ޕީ ނަޑެއްލާ ޒުވާނުންގެ ގޮތްޕާއި ނަޑެއްލާ ފިޔަލަ ގޮފީގެ ފަރާތުން އިސްނަގައިގެން ހިނގާލުމެއް ބާއްވައިފިއެވެ.
2 ޖުލައި 2010 ދުވަހުގެ ހަވީރު 4:30 ގައި ބޭއްވުނު މިހިގާލުމަކީ މަޖުލީހުގައި ހިމެނޭ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެބޭފުޅުންގެ އަމިއްލަ މަސްލަޙަތު ހިމާޔަތްކުރުމަށްޓަކާ ހިންގާ ނޭދެވޭ ޢަމަލުތައް ކުށްވެރިކުރުމުގެ ގޮތުން ބޭއްވުނު ހިގާލުމެކެވެ. މިހިނގާލުމުގައި ބައިވެރިވި ފަރާތްތަކުން މަޖުލީހުގައި ހިމެނޭ އިދިކޮޅު ފަރާތްތަކުން ހިންގަމުންދޭ ނޭދެވޭ ޢަމަލުތައް ހުއްޓާލުމަށްވަނީ އަޑު އުފުލާފައެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތަކެއްއެޅުމަށްވެސް ސަރުކާރަށްވަނީ ގޮވާލާފައެވެ. އަދި އެންމެ ފަހުން މަޖުލީހުން ފާސްކުރި މާލިއްޔަތު ޤާނޫނާމެދު ނުރުހުން ފާޅުކޮށް ހިނގާލުމުގެ ބައިވެރިން ވަނީ ޝުޢޫރުފާޅުކޮށްފައެވެ.