ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް
އިއްޔެ މާލެ އާއި އަތޮޅުތަކުގައި ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ތަފާތު ބޮޑު ގޮތަކަށް އެމްޑީޕީގެ މެންބަރުން ކާމިޔާބުކޮށްފައިވާތީ، އެ އިންތިޚާބު ކާމިޔާބުކުރި މެންބަރުންނަށާއި، އެމްޑީޕީގެ އެންމެހާ ލޮބުވެތި މެންބަރުންނަށް، އެމްޑީޕީގެ ނަމުގައާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަމެވެ.
މި އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ 533 މެންބަރުންގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ މެންބަރުން ނުހަނު ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބުކޮށްފައިވާކަން އުފަލާ ހިންހަމަޖެހުމާ އެކު ފާހަގަކުރަމެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބުވި އެންމެހާ ކަނބަލުން ވެސް މާލެ އާއި ރަށްރަށުގެ ތަރައްގީއަށްޓަކައި، ޚާއްސަކޮށް އަންހެން ކަނބަލުންގެ ތަރައްގީއަށްޓަކައި، އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވާނޭ ކަމަށް ޔަގީންކުރަމެވެ.
މި އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ. ޚާއްސަކޮށް އެމްޑީޕީ އަންހެނުންގެ ރޫހަށާއި، އިންތިޚާބާ ބެހޭ ކޮމިޓީގެ މެންބަރުންނަށް ހިތުގެ އިޚްލާސްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ.
މުޙައްމަދު ނަޝީދު
ރިޔާސީ ކެންޑިޑޭޓް