ލިޔެ އަޕްޑޭޓްކުރީ: ރާމިޒް
އިއްޔެ ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވައި އެއިންތިޚާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ލޮބުވެތި އަންހެން ކަނބަލުންނަށް ތަހުނިޔާ އާއި މުބާރިކްބާދީ އަރިސް ކުރަމެވެ.
އެމްޑީޕީގެ އަންހެން ކަނބަލުން ހޯއްދަވާފައިމިވާ ފުރިހަމަ ކާމިޔާބީ އަކީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތުން ހޯދިފައިވާ ކާމިޔާބީއެއް ކަން ފާހަގަކޮށް، މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށް ޕާޓީއަށް މި ފަޚުރުވެރި، ރީތި ނަން ހޯއްދަވައިދެއްވުމުގައި ޝާމިލްވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކަށް އައްސަރިބަހާއި ސާބަސް ދަންނަވަމުން ހިތުގެ އެންމެ ފުންމިނުން ޝުކުރުދަންނަވަމެވެ. ޚާއްސަ ގޮތެއްގައި އެމްޑީޕީގެ އަންހެނުންގެ ރޫހާއި، އިންތިޚާބާއި ބެހޭ ކޮމިޓީ އާއި އެމްޑީޕީގެ ސެކްރެޓޭރިއަޓުން ކޮށްދިން ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޚާއްސަ ޝުކުރެއްދަންނަވަމެވެ.
މޫސާ މަނިކު
ޗެއަރޕާސަން