އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލާފައިވާ އެމްޑީޕީ މެންބަރުންނަށް ވޯޓު ހޯދުމަށް މަސައްކަތް ކުރުމަށް އެޕާޓީން ގޮވާލައިފި

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

މިއަންނަ ބުދަ ދުވަހު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ މެންބަރުންނަށް ވޯޓު ދިނުމަށާއި، ވޯޓު ހޯދުމަށް މަސައްކަތް ކުރުމަށް އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީން ގޮވާލައިފިއެވެ.

އެމްޑީޕީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ވަހީދު (އެންސްޕާ އިބުރޭ) “އެމްޑީޕީ ވެބްސައިޓަށް”، ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުގެ ނަމުގައި ކުރިމަތިލެވޭ ގޮތަށް ނެތް ނަމަވެސް އެ އިންތިޚާބަށް އެމްޑީޕީގެ ފިކުރުގެ ވަރަށް ގިނަ މެންބަރުން ކުރިމަތިލާފައިވާ ކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ތިބޭ މެންބަރުންނަކީ ބަސްވިކޭ ބަޔަކަށް ވާތީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށް ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށް ވެސް މި ކޮމިޓީތަކަށް އެމްޑީޕީ މެންބަރުން ހޮވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަޙުމަދު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީ ފިކުރުގެ 533 ކެންޑިޑޭޓުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި 28 ސެޕްޓެމްބަރުން ފެށިގެން 9 އޮކްޓޯބަރުގެ ނިޔަލަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މާލޭގެ 6 ދާއިރާއަކާ އެކު އެމްޑީޕީގެ 46 މެންބަރުން އިންތިޚާބަކާ ނުލައި، ހޮވިފައިވާ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އެމްޑީޕީ ފިކުރުގެ 533 ކެންޑިޑޭޓުން ކުރިމަތިލާފައި ވާތީ، އަޅުގަނޑު ދާއިރާގެ ރައީސުންގެ ކިބައިން ވަރަށް ބޮޑަށް އެދެން މިހާރަށްވުރެ ވެސް ބޮޑަށް އަޅުގަނޑުމެންނަށް އެއްބާރުލުންދީ މި ކޮމިޓީތަކަށް އެމްޑީޕީގެ މެންބަރުން ހޮވައިދިނުމަށް މަސައްކަތްކުރުމަށް.” އެމްޑީޕީ އަންހެނުންގެ ރޫހުގެ ރައީސާ ޝިޔާމާ އަހުމަދު ވިދާޅުވިއެވެ.

ޝިޔާމާ އިތުރަށް ވިދާޅުވީ 28 ސެޕްޓެމްބަރުން ފެށިގެން 9 އޮކްޓޯބަރުގެ ނިޔަލަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މާލޭގެ 6 ދާއިރާއަކާ އެކު އެމްޑީޕީގެ 46 މެންބަރުން އިންތިޚާބަކާ ނުލައި، ހޮވިފައިވާ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މާލެ ސިޓީން ކުރިމަތިލާފައިވާ އެމްޑީޕީ މެންބަރުން ތައާރަފްކޮށް، އެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީ ފިކުރުގެ މެންބަރުންނަށް ތާޢީދު ހޯދުމަށް އެމްޑީޕީ އަންހެނުންގެ ރޫހުން ވަނީ އޮކްޓޯބަރު 31 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ.