ސިކްސްތް ކޮންފަރެންސް އޮފް ދަ އެސޯސިއޭޝަން އޮފް ދަ ސާކް ސްޕީކަރސް އެންޑް ޕާލަމެންޓޭރިއަންސް ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ބައިވެރިވެވަޑައިގަންނަވާނެ

ލިޔެ އަޕްޑޭޓްކުރީ: ރާމިޒް

ޕާކިސްތާނުގައި މިއަދު ފެށޭ 6 ވަނަ ސާރކް ސްޕީކާރސް އެންޑް ޕާލަމެންޓޭރިއަންސް ކޮންފަރެންސް ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިބޫގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި، މަހިބަދޫ ދާއިރާގެ މެންބަރު ރުގިއްޔާ މުޙައްމަދު ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައެވެ. މި ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އާއި، ފެލިދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޔޫސުފް ނައީމް އާއި އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަލްފާޟިލް އަބްދުﷲ މަސީޙް މުޙަންމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙަންމަދު ބައިވެރިވެވަޑައިގަތުމަށްވަނީ ހަމެޖެހިފައެވެ.

މި ކޮންފަރެންސް އޮންނާނީ މިއަދުން ފެށިގެން މިމަހުގެ 6 އަށް ޕާކިސްތާންގެ އިސްލާމްއާބާދުގައެވެ.