ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޖަލްސާއެއް މިރޭ އުސްފަސްގަނޑު ގައި އޮންނާނެ

ލިޔެ އަޕްޑޭޓް ކުރީ: ރާމިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ ޖަލްސާއެއް މިރޭ އުސްފަސްގަނޑުގައި އޮންނާނެ އެވެ.

މިރޭ 9 ޖަހާއިރު ފަށާ މި ޖަލްސާ ގައި އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ޕާޓީން އެދެއެވެ.

މިރޭގެ ޖަލްސާ ގައި ރައީސް ނަޝީދާއި، އެމްޑީޕީ ސަރުކާރުގެ ބައެއް ކެބިނެޓް މިނިސްޓަރުންނާއި، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވާހަކަފުޅު ދައްކަވާނެއެވެ.