ހއ.ވަށަފަރު ކައުންސިލް އަދި ރ.އިންނަމާދޫ ކައުންސިލްގެ ބައި އިލެކްޝަން ޑިސެމްބަރު 16 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

ހއ. ވަށަފަރު ކައުންސިލް އަދި ރ. އިންނަމާދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ޑިސެމްބަރ 16 ވާ އާދީއްތަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިޢުލާނުކޮށްފިއެވެ.

މިދެ ދާއިރާގެ މިބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2012 ނޮވެމްބަރ 1 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2012 ނޮވެމްބަރ 14 ވާ ބުދަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ރަސްމީ ބަންދު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމައަށް ކަމަށާއި، ރަސްމީ ބަންދު ދުވަސްދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 ން ހަވީރު 4:30 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައެވެ.