ރައީސް ނަޝީދުގެ ޝަރީއަތް ހުއްޓުވުމަށްޓަކައި އެމްޑީޕީން ބާއްވާ މުޒާހަރާ މިރޭ 9 ޖަހާއިރު އެމްޑީޕީ އޮފީސް ކުރިމަތިން ފެށޭނެ

ލިޔުނީ: ރާމިޒް
އަޕްޑޭޓް ކުރީ: ރާމިޒް

ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލުމަށާއި، ރައީސް ނަޝީދުގެ ޝަރީއަތް ހުއްޓުވުމަށްޓަކައި އެމްޑީޕީން ބާއްވާ މުޒާހަރާ މިރޭ 9 ޖަހާއިރު ފެށޭނެއެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ މައި އޮފީސް ކުރިމަތިން ފެށޭ މި މުޒާހަރާ ގައި ބައިވެރިވުމަށް އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ވީހާ ވެސް ގިނަ ފަރާތްތަކުން މޫސުމާ އެއް ގޮތަށް ތައްޔާރުވެގެން މިރޭ 9 ޖަހާއިރު ހާޒިރުވުމަށް އެމްޑީޕީން އެދެއެވެ.

ފަނޑިޔާރުގެ މިނިވަން ކުރުމަށް ގޮވާލުމަށާއި، ހުޅުމާލެ ކޯޓު ކަމަށް ބުނާ ކޯޓެއްގައި އަތޮޅުތަކުން މެޖިސްޓްރޭޓުން ގެނެސްގެން ހިންގާ، ރައީސް ނަޝީދުގެ ޝަރީއަތް ހުއްޓުވުމަށް އެމްޑީޕީން މިރޭ މުޒާހަރާކުރާއިރު، ވޭތުވެދިޔަ 2 ރޭ ވެސް އެމްޑީޕީން ވަނީ ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި މާލޭގެ ބޮޑެތި މަގުތަކުގައި މުޒާހަރާކޮށްފައެވެ.