ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ބާއްވާ މުޒާހަރާ މިރޭ 8.15 ގައި އެމްޑީޕީ އޮފީސް ކުރިމަތިން ފެށޭނެ

ލިޔުނީ: ރާމިޒް
އަޕްޑޭޓް ކުރީ: ރާމިޒް

ފަނޑިޔާރުގެ މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ބާއްވާ މުޒާހަރާ މިރޭ 8.15 ގައި އެމްޑީޕީ އޮފީސް ކުރިމަތިން ފެށޭނެއެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީ މައި އޮފީސް ކުރިމަތިން ފެށޭ މި މުޒާހަރާ ގައި އެމްޑީޕީގެ ވީހާ ވެސް ގިނަ މެންބަރުންނާއި، އެ ޕާޓީއަށް ތާއީދުކުރާ އަދި ހެޔޮއެދޭ ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވެދެއްވުމަށް އެމްޑީޕީން އެދެއެވެ.

ފަނޑިޔާރުގެ މިނިވަން ކުރުމަށް ގޮވާލައި އެމްޑީޕީން މިރޭ މުޒާހަރާކުރާއިރު، އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ވެސް އެޕާޓީން ވަނީ އަދުލުގެ އިންސާފުގެ ދާއިރާ މިނިވަން ކުރުމަށް “އިންސާފުގެ ދަތުރު”ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ކުރިޔަށް ގެންގޮސްފައެވެ.

“ފަނޑިޔާރުގެ ވެސް މިނިވަން ކުރެވޭނެ! މަޖިލީހަށް އެންމެ ވެސް ހާޒިރުކުރެވޭނެ!” މި ޝިއާރުގެ ދަށުން މިރޭ އެމްޑީޕީން ބާއްވާ މުޒާހަރާއަށް ހާޒިރުވާ ފަރާތްތަކުން، މި ދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށް ވާތީ ކުޑަ އާއި ވިއްސާރަ ކޯޓު ގެންދިއުމަށް އެމްޑީޕީން އިލްތިމާސްކުރެއެވެ.