ވ.ކެޔޮދޫ ރަށު ކައުންސިލްގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓް ކަނޑައަޅައިފި

އަޕްޑޭޓް ކުރީ: ރާމިޒް

1 ޑިސެމްބަރ ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ވ. ކެޔޮދޫ ކައުންސިލުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓަކީ ވ ކެޔޮދޫ ވީނަސް ސްޓާރ، އާސިޔާ ހުސައިން ކަމުގައި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ އަމީން އާންމުގެ ނާއިބު އަދި އެޕާޓީގެ އިންތިޚާބާއި ބެހޭ ފޯކަލްޕޮއިންޓް އަހުމަދު އަކްރަމް ވިދާޅުވީ އާސިޔާ ހުސައިން އަކީ އެމްޑީޕީގެ ފަރާތުން ވ ކެޔޮދޫ އަށް ކުރިމަތިލާ ކެންޑިޑޭޓް ކަމުގައި ހަމަޖައްސައި އަދި އެބޭފުޅާގެ ކެންޑިޑެންސީ ގަބޫލުކުރިކަމުގެ ލިޔުންވެސް މިހާރު ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން މާދަމާ އޮންނަ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މ އަތޮޅު ކައުންސިލް މުލަކު ދާއިރާ އަށް އެމްޑީޕީގެ ފަރާތުން ކުރިމަތި ލާފައިވަނީ އެރަށު ހެޕީނާސް އިބްރާހިމް ލަތީފް ކެންޑިޑޭޓް ނަމްބަރ 2 އެވެ. ލ މާބައިދޫގެ ރަށު ކައުންސިލަށް ކެންޑިޑޭޓް ނަމްބަރ 1 އެރަށު ފިނިހިޔާގެ އަބުދުﷲ ރަޝީދު ކުރިމަތިލައްވާފައިވާއިރު ފ ބިލެތްދޫ ރަށުކައުންސިލަށް ކުރިމަތިލާފައިވަނީ ކެންޑިޑޭޓް ނަމްބަރ 2 އެރަށު ޗާންދަނީވިލާ ރަމްޒީނާ އަފީފު އެވެ.

މާދަމާ ހެނދުނު 8 ން ހަވީރު 16:00 އަށް މި އިންތިޚާބުތަކުގެ ވޯޓުލުން ކުރިޔަށް ދާނެއެވެ.