ތަހުނިޔާ ދެންނެވުން: އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ދެއްވާ ޚިޠާބު

ލިޔުނީ: ރާމިޒް
އަޕްޑޭޓް ކުރީ: ރާމިޒް

ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި އެމްޑީޕީގެ އިސްލީޑަރު އަދި މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުޙަންމަދު ޞޯލިޙް އަށާއި، މި ޕާޓީގެ އެހެނިހެން އިސްވެރިންނަށާއި، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވަމެވެ.

އަޅުގަނޑުގެ އުއްމީދަކީ މާތްކަމާއި، ބަރަކާތްތެރިކަމުން ފުރިގެންވާ ހައްޖުގެ އަޅުކަމަށް ފަހު މި އައި ޢީދަކީ އެންމެހާ މުސްލިމުންނަށް އުފާފާގަތިކަން ގެނެސްދޭނޭ ޢީދަކަށް ވުމެވެ. އަދި މި ބަރަކާތްތެރި ޢީދަކީ ޢާއިލާތަކާއި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އަޅުގަނޑުމެންގެ މެދުގައި އިހު އޮތް އަޚުވަންތަކަމުގެ ގުޅުން އާވެ އާލާވެގެން ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ވުމެވެ.

މާތް ﷲ ރާއްޖެ ތިޔާގިކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާ އުފާވެރި މާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް ދުޢާއެވެ.

މާތް ﷲ މި ޢީދުގެ ދުވަސްތައް ހިތްހަމަޖެހުމާއި އުފާފާގަތިކަމުގެ ދުވަސްތަކެއް ކަމުގައި މިންވަރު ކުރައްވާށިއެވެ ! އަދި މި ޢީދުގެ ބަންދުގެ ދުވަސްތައް ހެޔޮގޮތުގައި ހިފުމުގެ ނަޞީބު އެންމެހާ މުސްލިމުންނަށް މިންވަރުކުރައްވާށިއެވެ!