މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިސާސްޓަރ ރިސްކް ރިޑަކްޝަން ގައި އެމްޑީޕީގެ ޗެއަރޕާސަން ދެ ހުށަހެޅުމެއް ހުށަހަޅުއްވައިފި

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

އިންޑޮނޭޝިޔާ ގައި މިހާރު ކުރިޔަށްދާ މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިސާސްޓަރ ރިސްކް ރިޑަކްޝަން ގައި އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ދެ ހުށަހެޅުމެއް ހުށަހަޅުއްވައިފިއެވެ.

މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ޕާލަމެންޓް މެންބަރުންނަށް އިއްޔެ އޮތް ބައްދަލުވުމަށް މޫސަ ހުށަހެޅުއްވި 2 ހުށަހެޅުމަކީ 2015 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ޑިސާސްޓަރ އާއި ބެހޭ ޤާނޫނެއް އެކުލަވާލައި، އެ ޤާނޫނު 2015 ވަނަ އަހަރުގެ ކުރިން ފާސްކުރުމަށް ގޮވާލުމާއި، ހުރިހާ ގައުމެއްގެ ވެސް އަހަރީ ބަޖެޓް ފާސްކުރާއިރު، ކާރިސާތަކަށް ހަރަދުކުރާނެ ކޮންމެވެސް އަދަދެއްގެ ފައިސާ ކޮންމެ އަހަރަކު ވެސް ރައްކާ ކުރެވޭ ގޮތަށް ބަޖެޓް ގައި ހިމެނުމަށާއި، އަހަރުން އަހަރަށް އެ ފައިސާ ރައްކާކޮށްފައި ބެހެއްޓޭ ގޮތް ހެދުމަށް ގައުމުތަކުން އެއްބަސްވުމަށް ގޮވާލެއްވުމެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން މަންދޫބުން ބައިވެރިވާ މިނިސްޓީރިއަލް ކޮންފަރެންސް އޮން ޑިސާސްޓަރ ރިސްކް ރިޑަކްޝަން ކުރިޔަށްދާނީ މި މަހުގެ 22 އިން 26 ގެ ނިޔަލަށެވެ. މި ކޮންފަރެންސް މިއަދު ހުޅުއްވައިދެއްވީ އިންޑޮނޭޝިޔާގެ ރައީސް ސުސިލޯ ބަމްބަންގ ޔުދްޔޮނޯ އެވެ.