ރައީސް ނަޝީދު މީމު އަތޮޅުގެ 3 ރަށަކަށް ޒިޔާރަތްކުރައްވައިފި

ލިޔުނީ: ރާމިޒް
އަޕްޑޭޓްކުރީ: ރާމިޒް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މީމު އަތޮޅުގެ 3 ރަށަކަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް ނަޝީދު އިއްޔެ މީމު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ ހަވީރު މ.މުލަކަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނު މިއަދު ވަނީ ކޮޅުފުށި އަދި ނާލާފުއްޓަށް ވަޑައިގެން އެރަށްރަށުގެ އެމްޑީޕީ މެންބަރުންނާއި، އަދި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކާއި ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައި މ.އަތޮޅު ކައުންސިލުން ހުސްވެފައިވާ މުލަކު ދާއިރާގެ ބައި އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ މ.މުލައް، ހެޕީނާސް އިބްރާހީމް ލަތީފަށް ތާއީދު ހޯއްދެވުމަށް މަސައްކަތްކުރައްވާފައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ރޭ މުލަކުގައި އޮތް ޖަލްސާގައި ކޮންމެ ދާއިރާއަކަށް ވެސް އެ ދާއިރާއަކަށް ނިސްބަތްވާ މީހަކު ހޮވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅުދެއްކެވިއެވެ.

މި ދަތުރުފުޅަށް ފަހު ރައީސް ނަޝީދު މިއަދު މެންދުރުފަހު މާލެ ވަޑައިގަންނަވާނެއެވެ.