އަޕްޑޭޓްކުރީ: ރާމިޒް
MDP/2012/I-048
އެމްޑީޕީ އިލެކްޝަން 2012
މި ޕާޓީން ހުސްވެފައިވާ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބް 90 ނޮވެމްބަރ 2012 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފީމެވެ. ވީމާ މިމަޤާމްތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ މަޤާމަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު މިޕާޓީގެ ސެކްރެޓޭރިއަޓަށް 01 ނޮވެމްބަރ 2012 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް މިޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.
1. ށ. ކަނޑިތީމު ދާއިރާގެ ސެކްރެޓަރީ
2. ރ.ދުވާފަރު ދާއިރާގެ ސެކްރެޓަރީގެ ނާއިބު
3. ގއ.ގެމަނަފުށި ދާއިރާގެ ސެކްރެޓަރީ
4. ޏ.ފުވައްމުލަކު ދެކުނު ދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާންމު އެންގުންތަކާއި ބެހޭ ސެކްރެޓަރީ
5. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ރައީސް
6. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ނާއިބު ރައީސް
7. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ މައުލޫމާތާއި އިޝްތިހާރާއި އާންމު އެންގުންތަކާއި ބެހޭ ސެކްރެޓަރީ
8. އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ސެކްރެޓަރީގެ ނައިބު
މިހެންވެ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ތާރީޚް: 23 އޮކްޓޯބަރ 2012