އުންމީދުން ފުރިގެންވާ ހާލު ދެކުނު އަރުމާޒުގެ ކާމިޔާބު ދަތުރު ނިންމާލެވުނީއެވެ

ފުނަމާ

އެމްޑީޕީން މިމަހުގެ 1 ވަނަ ދުވަހު ވަޢުދުގެ ދަތުރުގެ ނަމުގައި ފަށައިގަތް ކެމްޕޭން ދަތުރު ރާއްޖޭގެ ބޮޑުދެކުނުގެ ހުރިހައި ރަށެއްގައި ބަނދަރުކޮށް އޭގެ 15 ދުވަސް ފަހުން މާލޭގެ ބަނދަރަށް އޮމާންކަމާއެކު ނިންމާލީއެވެ. ދަތުރުގައި ބައިވެރިވި އެންމެހައި މެންބަރުންނަށް ރަށްރަށުން އެކީ މަރުޙަބާ އާއި ލިބުނު ތަރުޙީބު ގައިމުވެސް އިހުސާސް ކުރެވުނު އެއްފަރާތެއްގެ ގޮތުން ދަންނަވަން އޮތީ މިވަރުގެ ކަމެއް ދުނިޔޭގައި ހުއްޓައި ދެއްކެވިއަތީވެ ﷲގެ ހަޟްރަތަށް ހާސްފަށުން ޝުކުރު ދަންނަވަމެވެ. ލިބުނު އުފާވެރިކަން މިއަދާހަމަޔަށް ކީއްކުރަން މުޅިޢުމުރުގައިވެސް ހިތުން ފިލައި ނުދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރަށްރަށުގެ ރައްޔިތުންގެ މޫނުތަކުން އެފެނުނު އުފާވެރި ހިނިތުންވުންތަކާއި ފުރިއަރައި ބޭރުކުރި ހިތްހޮޔޮކަމާއި ހިތްވަރުގެ ބަސްތަކަކީ ތާއަބަދުމެ ހަނދާނުން ފޮހެވިގެން ނުދާނެ ކަންކަމެވެ.

ދަތުރު ފެށިގެން ދިޔައީ ވިއްސާރަ މޫސުމެއް ކަމުގައި ވުމާއެކު ކަނޑުގަދަ ކަމާއި އެކުއެވެ. ނަމަވެސް ބައިވެރީންގެ ދަތުރުގެ މިސްރާބު އެންމެފަހަރަކުވެސް ބަދަލު ކޮށްލުމުގެ ފިކުރެއް ޚިޔާލެއް ނުގެންގުޅެއެވެ. ލިބިފައިވާ ފުރުސަތުގެ ބޭނުން ކުރަމުން ގެންދިޔައީ އަނިޔާވެރި، ފިތުނަވެރީން ރާވައިގެން ހިންގާފާނެ ޖަރީމާއަކަށް ބަލައިވެސް ނުލައި ކަމުގައި ދެންނެވިދާނެއެވެ. މަދުރަށަކުން ( ހަމައެންމެ ތިންރަށަކުން ) އެކި ދެތިން މީހުން ކޮންމެވެސް ވަރެއްގެ ބަންޖެއް އިދިކޮޅަށް ކިޔާލިނަމަވެސް މުޅީން ޚިޔާލު އެއްގޮތް ނުވާ މީހުންނަށް ދާންދެން ތިބީ ދަތުރުގެ ބައިވެރީންނަށް މަރުޙަބާ ކިއުމުގައެވެ. ކޮންމެ ރަށެއްގެ އަތިރިމަތީގެ މަންޒަރުން ފެށިގެން ރަށުތެރޭގައި ހޭލިމޭލި ވަމުން ދިޔަ އެންމެހައި ރައްޔިތުންނޭ ބުނެވޭވަރަށް އެންމެންގެ އަންނައުނުތައްވެސް ފެނިގެންދިޔައީ ރީނދޫ ކުލައިން ޖަރީވެގެން ވަނިކޮންނެވެ.

ބާޣީންނާއި އިދިކޮޅަށް ފާޅުގައި އިހުތިޖާޖު ކުރަމުން ނުކުމެތިބި ރައްޔިތުންގެ އަދަދަކީ ގައިމުވެސް ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ހަލުވިކޮށް ދުވެލާފައި އެމްޑީޕީގެ ކެޑިޑޭޓު ގޮނޑިޔާ ހަމަޔަށް އުފުލާލާނެކަން ހިސާބުން ދައްކައިދިން އަދަދެކެވެ. ރައީސް ނަޝީދަށް ރައްޔިތުންގެ ހިތުގައި އޮތް އިހުތިރާމާއި ލޯބިއަންގައިދެމުން ދިޔަ މަންޒަރު ފެނުނު ކޮންމެ ލޮލަކުން އުފާވެރި ކަމުގެ ކަރުނަ ފޭދިގެން އަންނާނެކަން ޔަގީނެވެ. އަޅުގަނޑަށްވެސް ވެގެންދިޔައީ މިކަހަލަ ގޮތެކެވެ.

ހައެއްކަމީހުން އެއްރަށެއްގައި ބުނެވޭގޮތުން މެންބަރަކު ބޮޑުއަދަދެއް ދޭންބުނެގެން މަރުދަން ޖެހިގެން ނެރުމައްޗަށް ހުރަސްކުރި ސުނާމީ ގަހުގެ އުނދަގުލުން ސަލާމަތް ކޮށްލުމަށް ހަމަ އެރަށުގައި މެޖޯރިޓީއޮތް އެމްޑީޕީގެ މެންބަރުން މަސައްކަތް ކުރާން އުޅުނު ނަމަވެސް އެއީވެސް މިދަތުރަށް އިތުރު ފަރާތަކުންކީ މަރުޙަބާއެއް ކަމުގައި ދެކިގެން އެކަން ހުއްޓުވާ ދަތުރުގެ ބައިވެރީންގެ ތެރެއިން ހައެއްކަ މީހުން ކަނޑަށް ފުންމާލައި އުފަލާއެކު އެކަންވެސް ބަލައިގެން އެގުޅި އެތަނުން ނަގައި ހުރިހައި އޮޑިފަހަރު އެކުގައި ރަށުގެ ފަޅަށް ވެއްދުމަށް އެންމެ ފަސް މިނެޓުވެސް ބޭކާރުކޮށް ނުލިއެވެ. ހަމައެހެންމެ އެހެން ރަށެއްގެ ކައުންސިލުގެ އެއްބާރުލުމާއެކު ނެރުބައްތި ޖެހުމުގެ ބަހަނާގައި ނެރުހުރަސްކޮށް ދޯނިއަޅައިގެން ޑައިވިންކުރާން ތިބި ދިހަވަރަކަށް މީހުންނަށް ވައުދުގެ ދަތުރުގެ ފަސްއޮޑިއާއި އަތޮޅުން އިތުރަށް ބައިވެރިވި އޮޑީގެ ބައިވެރީންގެ އަދަދު އެނގުމުން ނަގޫޖެހިތާ ބޯޖަހައި ފިލައި އަވަދިވީތަން ފެނިގެން ދިޔައެވެ. ކިތަންމެ ހިތްވަރެއް ކުރިނަމަވެސް ބާޣީސަރުކާރުގެ އިސްވެރީންގެ ހުރިހައި ރޭވުމެއް ފަނުފުލުން ދިއުމުން ދެންހަދާނެ ގޮތެއް ނޭނގި ރޭރުވެގެން އެންމެފަހުން މޫނެއް ލޮލެއް ކަނދުރާއެއް ވަކިނުވާގޮތަށް ފޮރުވިގެންތިބި ބަޔަކު ހަތިޔާރުތަކާއި އެކުގައި ފަރެސް މާތޮޑާއަށް އަރައި ރައީސް ނަޝީދު ހުންނެވި ގެކޮޅަށްވަދެ އެގޭގެ ފާހާނާތަކުގައި އެވަގުތު އުޅުނުހައި ބައެއްގެ ގިފިލި ބަލާފައި އެންމެފަހުން ރައީސް ނަޝީދު އެންމެ އާދައިގެ ރައްޔިތަކު ހައްޔަރުކުރާހެން ހައްޔަރުކޮށްގެން ގެންދިޔައީ ހިތުން އެމަނިކުފާނުގެ އަބުރާއި ކަރާމާތް ނަގާލުމުގެ މަގުސަދުގައި ކަމުގައި ހީވެއެވެ. ނަމަވެސް ބާޣީ ސަރުކާރުން ޖެހިމަޅި މާފައްޗަކަށްވެ ޖެހިގެންއައި ދުވަހު ރައީސް ނަޝީދު ދޫކޮށްލުމާއި ހަމަޔަށް ރަށްރަށުގައި ގިނައަދަދެއްގެ ބަޔަކު ބަނޑުހައި ހޫނުކަމުގެ ހަލުތާލުކުރަމުން ގެންދިޔަކަމީ ރައީސް ނަޝީދުގެ މައްޗަށް ރައްޔިތުން ކުރަމުން ގެންދާ އިހުތިރާމާއި ގަދަރަށް ކުޑަވެސް އުނިކަމެއް ނުގެނެވޭނެކަން އަންގައިދިން ހެއްކެކެވެ. އަދި ޖެހިގެންއައި ދުވަހު ހަމަ އެ ފަރެސްމާތޮޑާއިން އެމްޑީޕީއާ އަލުން ގުޅިގެން ދިޔަ ގިނައަދަދެއްގެ މީހުން ފެނުމުން އިދިކޮޅު މީހުން ފޭހުނު އިލޮށިގަނޑު ހަމައެމީހުންގެ ލޮލަށް ކިތަންމެ ރަނގަޅަކަށްވެސް ވަދެގެން ދިޔަކަން އެނގުނެވެ.

ރައީސް ނަޝީދު އަނިޔާވެރި ގޮތެއްގައި ފުލުހުން ގެންދިޔުމުން ދަތުރުގެ ބައިވެރީން ފަސްގަނޑެތީގައި އެނބުރި އައީ މިހާރު މިވެރިކަމުގައި އެހެރަ ” ރެކިދިޔެގެ މޮހޮދާގެ ” ރަށް ކަމުގައި ބުނެއުޅޭ ގދ ތިނަދޫއަށެވެ. އޭގެ ކުރީންވެސް އެރަށުން މިދަތުރުގެ ބައިވެރީންނަށް ކީ ހޫނު މަރުހަބާއާއި ތަފާތެއްނެތި އެރަށުން ހަމަ އެރޭވެސް އިންތިހާއަށް ހޫނުމަރުހަބާއެއް ކިޔައި އިހުނަށްވުރެ ޖޯޝާއި ފޯރީ ގަދަކުރުވިއެވެ. އެއްބާރުލުން ދެމުން ގެންދިޔައެވެ. ސިކުންތުތަކުން ގުނަމުން ގެންދިޔަ ބައިވެރީންނަށް ރައީސް ނަޝީދު މިނިވަންކޮށް ދޫކޮށްލައިފިކަން އެނގުނު ވަގުތަކީ ތިނަދޫގެ އެމްޑީޕީގެ ހަރުގޭގެ އިތުރުން މުޅި ތިނަދޫވެސް އުފާވެރި އަޑުތަކުން ގުގުމައިގެން ދިޔަ ހިނދުކޮޅެކެވެ.

ޖެހިގެންއައި ދުވަހު ދަތުރުގެ ބައިވެރީން ހުވަދުއޮތޮޅު ނިންމާލައި އައްޑޫ ސިޓީއަށް ދަތުރުކުރަމުން ގެންދިޔައީވެސް ރައީސް ނަޝީދުއާއި އެކުގައެވެ. އަދި ދަތުރުގައި ކޮލަމާފުށިން ބައިވެރިވި ރަސްއައިން ދޯނިވެސް މިފްލީޓުގައި އިތުރަށް ގުނަމުންނެވެ. ދޯނިފަހަރުގެ ސަލާމަތީ ހުރިމިންވަރުން މީހުންނަށް އިތުރަށް ޖާގަނުދެވުނު ނަމަވެސް ކޮންމެ ދޯންޏެއްގައިވެސް އިށީނދެ އޮށޯވެލާނެ ތަނެއް ނެތް މިންވަރަށް މީހުންދިޔައީ އިތުރުވަމުންނެވެ. އެންމެ އާދައިގެ މީހެކޭ ޚުދު ރައީސް ނަޝީދެކޭ ވެސް އެއްގޮތަށް އެއްތެލީން ރޯފިލުވައިގެން އެއްތަށިން ކަމުން އައްޑޫ ކަނޑު ދުއްވި ދުވަހަކީ އަދި މިހާތަނަށް ކަނޑެއްގައި އެންމެ ބިޔަރާޅު އުފެދިފައި ވަނިކޮށް ހަޔާތުގައި ދުށް ދުވަސް ނަމަވެސް މިހާރުގެ ބަހުންނަމަ ދަތުރުގެ އެއްވެސް ބައިވެރިއަކަށް ހަމަހީވެސް ނުވެއެވެ.

އައްޑޫސިޓީގައި ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް އެނުކުތް މީހުންގެ އަދަދުން އެކަނިވެސް އެބުނާ ރިޔާސީ އިންތިޚާބުދެން އެހެން ބަޔަކަށް ކަށަވަރު ނުވާނެކަން އެނގި ހާމަވިއެވެ. ހުޅުމީދޫގެ އަތިރިމަތީގެ މަންޒަރާއި ފޭދޫގެ އަތިރި މައްޗަށް އެނުކުތް ބައިވަރު މީހުން ތަކަކީ ގައިމުވެސް ދިވެހި ރައްޔިތުންނެވެ. ރައީސް ނަޝީދަށް ލޯބިވެތި މުއާތިނުން ތަކެކެވެ. ގދ ތިނަދޫގެ ހާމަބިމެއްގައި ގަދަ ވަޔާ ވާރޭގައި ޖަލްސާދޫނުކޮށް ތިބި ރައްޔިތުންނާ ގދ ގައްދޫގައިވެސް ހަމައެހައިމެ ވިއްސާރައިގައި ތެމިގެންތިބި ރައްޔިތުންނާއި އައްޑޫ ސިޓީގެ ކޮންވެންޝަން ސެންޓަރގެ އެތެރެއާއި ބޭރުގައި އެތިބި މީހުންގެ އަދަދު އެކަނި ފެނުމުންވެސް އިންޝާﷲ އަޅުގަނޑުމެންގެ މަގު އަމާންވެ އިންތިޚާބުގެ ނަތީޖާ ކަށަވަރު ވެއްޖެއެވެ.

މިމަހުގެ ފަނަރަ ވަނަދުވަހު ދެކުނުއަރުމާޒުގައި ކުރެވުނު ވައުދުގެ ދަތުރުގެ ބައިވެރީން މާލޭގެ ބަނދަރަށް ދަތުރު ނިންމާލީ އުންމީދުން ފުރިގެންވާ ޙާލުގައި ހިނިތުންވަމުން ވަރުބަލިކަމެއް ނެތިއެވެ. ދަތުރުގެ މެދުން އީކުއޭޓަރ ރޮނގު ފާހަގަ ކުރާ ހިސާބުގައި ދަތުރުގެ ބައެއް ބައިވެރީން ދިދަޖަހައި ކަނޑުތެރޭގައި ތިބެގެން ފާހަގަކުރި ފާހަގަ ކުރުމަކީވެސް ކަމުގައި ބައިވެރިވެވުނު މީހެއްގެ ހައިސިއްޔަތުން އެކަމުގެ އުފާވެސް ލިބިގަނެވުނު ކަމެކެވެ. ދެންއޮތީ އުތުރު އަރުމާޒެވެ. ދެކުނު ދަތުރުގައި ކުރިމަތި ކުރާން ހިތުލިހާ ގޮންޖެހުންތައް ކުރިމަތި ކުރާނަމޭ ކިތަންމެ ވަރަކަށް މިބާޣީ ސަރުކާރުން ހީކޮށްގެން ތިބިކަމުގައި ވިޔަސް ހަމަ ބުނެލަންއޮތީ ” ހީވެސް ނުވެއެވެ.”