ޝަރުއީ ނިޒާމް އަދުލުވެރިކުރުމަށް ގޮވާލައި އެމްޑީޕީން ހިނގާލުމެއް ބާއްވައިފި

ޝަރުއީ ނިޒާމް އަދުލުވެރިކުރުމަށް ގޮވާލައި އެމްޑީޕީން މިއަދު ހިނގާލުމެއް ބާއްވައިފިއެވެ.

މިއަދު 4.45 ގައި އުސްފަސްގަނޑުން ފެށި މި ހިނގާލުމުގައި ޝަރުއީ ދާއިރާ މިނިވަންކޮށް، އެ ދާއިރާ އަދުލުވެރިކަމާ އެކު ކުރިޔަށް ގެންދިއުމަށް އެމްޑީޕީގެ ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ކުރިޔަށްދިޔަ މި ހިނގާލުމުގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، އެމްޑީޕީ ސަރުކާރުގެ ކެބިނެޓްގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވިއެވެ.