ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ 8.45 ގައި އޮންނާނެ

ގައުމީ މަޖިލިހުގެ ބައްދަލުވުމެއް މިރޭ 8.45 ގައި ދަރުބާރުގޭގެ 8 ނަންބަރު ކޮޓަރީގައި އޮންނާނެއެވެ. މި ބައްދަލުވުމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގައި ޕާޓީ ޓިކެޓް ދިނުމުގެ ކަންތައްތައް ހިންގަވާ 5 މެމްބަރުންގެ ކޮމިޓީން ޕާޓީ ޓިކެޓް ދިނުމާމެދު ގޮތެއް ނިންމުމަށް 15 ކެންޑިޑޭޓެއްގެ ނަން ހުށަހަޅުއްވާނެއެވެ. އޭގެ ތެރޭގައި ހުކުރު ދުވަހު އޮތް ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބުނު ބައެއް ފަރާތްތައްވެސް ހިމެނެއެވެ.
މިރޭ އޮންނަ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޕޭން ކުރިއަށް ގެންދާނެ އުސޫލަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރާނެއެވެ.