ރައީސް ނަޝީދު ވާދޫއަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު މިއަދު ހަވީރު ގދ.ވާދޫއަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ވާދޫއަށް ވަޑައިގެން އެރަށު އެމްޑީޕީ ބޮޑު ދިދަ ނަންގަވައިދެއްވިއެވެ.

20 ފޫޓު 18 ފޫޓުގެ މި ދިދަ ނަންގަވައިދެއްވުމަށް ފަހު ނއެމަނިކުފާނު ރަށު ތެރޭގައި ހިންގަވާލައްވައި ވާދޫގެ ބައެއް އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ހާލުއަހުވާލު ބައްލަވާލެއްވިއެވެ.

ރައީސް ނަޝީދު ވާދޫ އިން ދެން ފުރާވަޑައިގެންނެވީ ގައްދޫ އަށެވެ.