ނޫސްބަޔާން: ރައީސް ނަޝީދު ހައްޔަރުކުރުން ކުށްވެރިކޮށް ނަޑެއްލާ މެދުމިން ގޮފިން ނެރޭ ނޫސްބަޔާން

އެމް.ޑީ.ޕީ އިން ދެކުނުގެ 4 އަތޮޅަށް ކުރައްވަމުންގެންދަވާ ” ވަޢުދުގެ ދަތުރުގެ ” ތެރެއިން މިއަދު 08 އޮކްޓޫބަރ 2012 ގައި ދިވެހިރާއްޖޭގެ އިންތިޙާބީ ރަޢީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކުރަޓިކް ޕާޓިގެ ރިޔާސީ ކެންޑިޑޭޓް އަލްފާޟިލް މުހައްމަދު ނަޝީދު ގދ. ފަރެސް މާތޮޑާގައި ހުންނަވަނިކޮށް ވަނީ ވަރަށްވެސް ލާއިންސާނީ ނާތަހުޒީބީ ޖަރީމާތަކަކާއިއެކު ހައްޔަރު ކޮށްފައެވެ.

ޤާނޫން ތަކުން ރައްކާތެރިކަންލިބި ދައުލަތުގެ ފަރާތުން ރައްކާތެރި ކޮށްދޭންޖެހޭ ރާއްޖޭގައި ރަޢިސްކަން ކޮށްފައިވާ ޤައުމުގެ ހިދުމަތްތެރިޔަކާއިމެދު މިފަދަ ލާއިންސާނީ ޖަރީމާއެއް ހިންގިކަން ދައްކުވައިދެނީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި 07 ފެބުރުއަރީ 2012 ގައި ކުރި ބަޤާވަތުގެ ސަބަބުން ޤައުމުގައި ޤާނޫންގެ ބާރު ނެތިގޮސް ޕުލުހުންގެ މުވައްސަސާގެ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި ފުލުހުންގެ އާދައިގެ އޮފިސަރުންނަށް މަތީ ރޭންކްތަކުން ކުރާ ކޮމާންޑްތަކަށް ބޯލެބުމެއްނެތި ހިތުހުރި ގޮތަކަށް އަމަލު ކުރަމުންގޮސް މިއަދު މިވަނީ މިފަދަ ލާއިންސާނީ އަމަލެއް މިޤައުމުގައި ތަކުރާރުވެފައެވެ. މި އަމަލުތަށް މި ގޮފީގެ ފަރާތުން އެއްމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.

ރަޢީސް ނަޝީދު މިއަދު ހައްޔަރު ކޮށްފައިވާ އިރު އެމަނިކުފާނުގެ އިއްޒަތާއި ކަރާމަތަށް އަރައިގަނެ އަދި މިނިސްޓަރ އަސްލަމުގެ ގެކޮޅަށް ފުލުހުން ދިން ގެއްލުންތައް މި ގޮފީގެ ފަރާތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ. މިނިސްޓަރ އަސްލަމުގެ ގެކޮޅަށް ފުލުހުން ވެންނެވި އިރުރު ކޯޓު އަމުރެއް ނެތްކަން މި ގޮފީގެ ފަރާތުން ފާހަގަ ކުރަމެވެ. އަދި ފުލުހުން ކޯޓު އަމުރެއްނެތި އަސްލަމްގެ ގެކޮޅުކަމުގައިވާ ގދ. ފަރެސްމާތޮޑާ / ގުލްފާމްއާގެއަށް ވެންނެވި ވެންނެވުން ކަމާއި ބެހޭ ފަރާތްތަކުން ބަލައި އިހްމާލުވާފަރާތް ތަކާއިމެދު އަޅަންޖެހޭ ޤާނޫންގެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމެވެ. އަދި ފުލުހުން މި އޮޕަރޭޝަނަށް އެޓެންޑު ކުރި އިރު މިނިސްޓަރ އަސްލަމުގެ ގެކޮޅަށްވަދެ ހިންގި އިންސާނިއްޔަތާއި ހިލާފް ޖަރީމާތައް ބައްލަވައި އިހުމާލުވާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް މި ގޮފީގެ ފަރާތުން ގޮވާލަމެވެ. އަދި ޤައިރު ޤާނޫނީ ގޮތުން އުފައްދާފައިވާ ހުޅުމާލޭ ކޯޓަށް ރަޢީސް ނަޝީދު ހާޒިރު ކުރުމަށް މިފަދަ އަމަލުތަކެއް ހިންގާފައިވާއިރު ކުރީގައި މި ޤައުމުގައި 30 އަހަރު ވެރިކަމެއް ކުރި މަޢުމޫންގެ ވެރިކަމުގައި އެތައް ރައްޔިތުންނަކަށް އަނިޔާކޮށް ޖަލުގައި ބަޑިޖަހައި އެތައް ރައްޔިތުނަކަށް ލާއިންސާނީ ބޮޑެތި އަނިޔާ ކޮށްފައިވާއިރު އެމައްސަލަތައް ބެލިފައި ނުވެއެވެ. އަދި ކޮރަޕްޝަނާއި ފަސާދައިގެ އެތައް އަމަލުތަކެއްގެ ތުހުމަތުގައި ކޯޓްތަކަށް އެފަރާތްތައް ހާޒިރުކުރުމަށް އިންޓަރ ޕޯލް ރެޑްނޯޓިސް ނެރެފައިވާއިރު އަދިވެސް އެފަރާތްތައް ހާޒިރުކުރުމަށް ރާއްޖޭގެ ޝަރުޢީ ދާއިރާ ނުކުޅެދިފައިވާއިރު މިފަދަ ގޮތަކަށް ޖުޑިޝަރީން އަމަލު ކުރުމުން މިއަދު ޖުޑިޝަރީގެ ހަޤީގީ މަންޒަރު މިވަނީ ހާމަވެފައެވެ. ޖުޑިޝަރީ ސިޔާސީ ވެފައިވާކަން މިވަނީ އެނގި ހާމަވެފައެވެ.

ވީމާ ، ދިވެހި ރައްޔިތުން މިއަދު ނިކުމެ މީގެ އަހަރުތަކެއް ކުރިން ދިވެހި ވެރިކަމުގެ ނިޒާމް ބަދަލު ކުރި އުސޫލުން ޖުޑިޝަރީ އިސްލާހު ކުރުމަށް މި ގޮފީގެ ފަރާތުން ގޮވާލަމެވެ. އަދި ރަޢީސް ނަޝީދު ވީއެންމެ އަވަހަށް މިނިވަން ކުރައްވައި އެމް.ޑީ.ޕީ ގެ ރިޔާސީ ކެމްޕެއިން ” ވަޢުދުގެ ދަތުރު ” ކުރިޔަށް ގެންދެވޭނެމަގު އެމް.ޑީ.ޕީ އަށް ތަނަވަސް ކޮށްދިނުމަށް ކަމާއިބެހޭ ހުރިހާފަރާތްތަކަށް މި ގޮފީގެ ފަރާތުން ގޮވާލަމެވެ.


ނަން: ޙަމްދޫން ރަޝީދު
މަޤާމް: ނަޑެއްލާ އެމް.ޑީ.ޕީ މެދުމިން ގޮފީގެ ރަޢިސް