ނޫސްބަޔާން: ވަޢުދުގެ ދަތުރަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތައް ކުއުވެރިކޮށް އެމްޑީޕީ އައްޑޫ ސިޓީން ނެރޭ ނޫސްބަޔާން

‘ ވަޢުދުގެ ‘ ދަތުރުގެ ނަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި އެހެނިހެން މެމްބަރުން ވަރަށް ފުރިހަމަޔަށް ތައްޔާރުވެގެން ރާއްޖޭގެ ދެކުނަށް ކުރަމުން ގެންދާ ދަތުރަށް ހުރަސް އަޅައި ހުއްޓުވުމަށް ރާއްޖޭގެ ފުލުހުންނާ ސިޔާސީ ޕާރޓީތަކުން މަސައްކަތް ކުރަމުން ގެންދާތީ،އައްޑޫ ސިޓީގެ ފަރާތުން މި ނާތަހުޒީބީ ޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ. އަދި ހަމަ އެހެންމެ ކޮންމެ ސިޔާސީ ޕާރޓީ އަކީވެސް ވަކި ޝަޚުސަކަށް ވެފައި ޤާނޫން އަސާސީ އިން ލިބިދޭ ބާރެއްގެ ދަށުން އުފެދިގެން އައިސް މަސައްކަތް ކުރަމުންދާ ޕާރޓީ އެއްކަމުގައިވެސް ދަންނަވަމެވެ. އެހެންކަމުން ރާއްޖޭގައި ނިސްބަތުން އެންމެ މެމްބަރުން ގިނަ ޕާރޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އަށް ވީ ހިނދު މި ޕާރޓީގެ ފަރާތުން ކުރަމުންދާ ޙަރަކާއްތަކަށް ރާއްޖޭގެ އެހެނިހެން ޕާރޓީތަކުން ހުރަސް އަޅަމުން ގެންދާ ކަމަށްވާނަމަ އެހނިހެން ޕާރޓީ ތަކުން ކުރަމުންގެންދާ ދަތުރުތަކާއި އަދި ޙަރަކާއްތަކަށް މި ޕާރޓީގެ މެމްބަރުންގެ ފަރާތުން ހުރަސް އަޅަން ޖެހިދާނެ ވާހަކަވެސް ހަނދުމަކޮށް އަރުވަމެވެ. އަދި ރަށް ރަށުގެ ނެރު ބަންދުކުރުންފަދަ ފިނޑި ޢަމަލުތައް ކޮށް ތަހުޒީބާއި ތަމައްދުން އިން ނެއްޓިގެން ދިއުމަކީ އެހެނިހެން ޕާރޓީ ތަކަށް ޕާރޓީ ސިސްޓަމް ރަނގަޅަށް އެނގިފައި ނުވާކަންވެސް މި ސިޓީގެ ފަރާތުން ފާހަނގަކުރަމެވެ. އަދި ހަމަ އެހެންމެ ޕާރޓީ ތައް ހެއްދެވިޔަސް ޕާރޓީ އެއީ ކީއްކުރަން ކޮން މަޤްޞަދެއްގައި އުފައްދައިގެން ކުރިޔަށް ގެންދާ ކަމެއްކަމުގައި އެނގިފައި ނުވާކަންވެސް ފާހަނގަކޮށް އެންމެހައި ޕާރޓީ ތަކުގެ ވެރިންނަށް ރާއްޖެ މިފަދަ ދަނޑިވަޅެއްގައި ޕާރޓީ ފިކުރުން ފިތުނަ ފަސާދަ ނު އުއްފަދައި އެއީ ވަކި އެއްޗެއްކަން ދަނެގެން މަސައްކަތް ކޮށް ޕާރޓީގެ ފިކުރު އެއީ ޒާތީ ކަންކަމަށް ނަހަދައި މިފަދަ ތަޢައްސުބުން ދުރުހެލިވުމަށް ވެސް އައްޑޫ ސިޓީގެ ފަރާތުން ދަންނަވަމެވެ. އަދި އެހެންމެ މިއަދު ކަނޑަ ހުޅުދޫ އަށް އެމްޑީޕީ އިން ކުރަމުން ގެންދިޔަ ދަތުރަށް ހުރަސް އަޅައި ނެރު ބަންދުކޮށްގެން އެތަށް ގަޑި އިރަށް ތިބުމާ ރާއްޖޭގެ އެމްޑީޕީ ވެރިކަމުގައި ޔުނިވަރ ސިޓީގެ މަޤާމް ފުރުއްވަމުން ގެންދެވި އައްޑޫ ސިޓީގެ އަގުހުރި ދަރިޔެއްކަމުގއިވާ ޑޮކްޓަރ މުޞްޠަފާ ލުޠުފީ އަށް އެދިން ޙަމަލާ އަދި ކުރި ގޯނާ އަޅުގަނޑުމެން އައްޑޫ ސިޓީގެ ފަރާތުން ވަރަށް ހަރުކަށި ޢީބާރާތުން ކުށްވެރިކުރަމެވެ. އަދި ހަމަ އެހެންމެ މިފަދަ ޢަމަލުތައް ނުކުރުމަށްވެސް ގޮވާލަމެވެ. އަދި ޕާރޓީ ތަކުގެ އިސްވެރީންގެ ޒިއްމާ ހަރުދަނާ ކަމާ އެކު ނެންގެވުމަށްވެސް ގޮވާލަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް
އަޙްމަދު އަދުހަމް