ނޫސްބަޔާން: ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން އެމްޑީޕީ އައްޑޫ ސިޓީގެ ނޫސްބަޔާން

ރާއްޖޭގެ އިންތިޚާބީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ހުޅުމާލޭ މެޖިސޓްރޭޓް ކޯޓް ކިޔާ ތަނަކުން ކޯޓު އަމުރު ނެރެގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މޫނުނިވާކޮށްގެން ތިބި ބަޔަކު ނިކުމެ ގަދަކަމުން ހައޔަރުކޮށްގެން ގެންދާ ގެންދިއުން އައްޑޫ ސިޓީ އިން އެންމެ ހަރުކަށި ޢިބާރާޓުން ކުށްވެރިކުރަމެވެ.

މުޙައްމަދު ނަޝީދަކީ ރާއްޖޭގައި އޮތް 30 އަހަރުގެ ހުުމުހުތާރު އަނިޔާވެރި ވެރިކަން ވަރަށް ބުރަ މަސައްކަތުން 2008 ވަނަ އަހަރުގައި ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބުކޮށްގެން އަޅުގަނަޑުމެން ރާއްޖޭގެ ރައްޔިތުންނަށް ދުލާއި ޤަލަން އަދި މިނިވަން ކަމާ އެކު މުޒާހިރާ ކުރުމުގެ މިނިވަން ކަން ހޯއްދަވައި ދެއްވައި އަދި މުސްކުޅިންނާއި އެކަނި ވެރި މައިން މީގެ އިތުރުން ނުކުޅެދޭ ކުދީންގެ އިހުސާސްތައްވެސް ދަނެގެން އެންމެހައި ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން ރާއްޖޭގެ އިންތިޚާބީ ރައީސަށްވީ ހިނދު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުވެސް މެއެވެ. އެހެންކަމުން އެމަނިކުފާނު ދަނީ 01 އޮކްޓޯބަރ 2012 ވަނަ ދުވަހުން ފެށިގެން ‘ ވަޢުދުގެ’ ދަތުރުގެ ނަމުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ބައިވެރިވެ ދކުނުގެ ހުރިހާ ރަށްތަކަށް ދަތުރުފުޅުކުރައްވަމުންނެވެ. މިގޮތުން މިއަދާ ހަމަޔަށް ވަނީ 10 އަތޮޅަކަށް ވަޑައިގެން އެއަތޮޅުތަކުގެ އެމްޑީޕީގެ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލުފާޅުކޮށްފައެވެ. އަދި މިދަތުރުފުޅަކީ ވަރަށް ދުރާލާ އިންތިޒާމްކޮށްގެން އަދި މުޅިރާއްޖެއާ އިންޓަރނޭޝަނަލް މީޑިއާ މެދުވެރިކޮށް މުޅި ދުނިޔެއަށް ޢާއްމުކޮށް ޚާއްޞަކޮށް މުޅި ޤަވްމަށް ޢާއްމުކޮށްގެން ކުރައްވަމުން ގެންދަވާ ދަތުރެކެވެ. އެހެންނަމަވެސް އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގެ މެޖިސްޓްރޭޓް ކޯރޓް ނަމަކަށް ކިޔާ ކޯރޓަކުން ވިދި ވިދިގެން އެމަނިކުފާނު ހައްޔަރުކުރުމަށްދަނީ ކޯރޓް އަމުރު ނެރެމުންނެވެ. އެގޮތުން އިއްޔެގެ ވަގުތެއްގައި ނެރުނު ކޯރޓް އަމުރު ފަސްކޮށްދެއްވުމަށް އަދި މި ކޭމްޕެއިން ދަތުރު ނިންމާ ކޯރޓަށް ވަޑައިގެންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ހުލުމާލޭ ކޯރޓަށް ސިޓީ އަކުން އަންގާފައެވެ އެހެންނަމަވެސް ރާއްޖޭގެ ޖުޑިޝަރީ އަކީ ބޮޑެތި ތަފާތުކުރުން ގެންގުޅޭ ތަނަކަށް ވީހިނދު މި ސިޓީ ވަނީ ކޯރޓުން ބަލައި ނުގަންނަކަމުގައި މިއަދު ހާމަކުރައްވާ ފައެވެ. ޕޮލިހުންނޭ ކިޔާ މޫނު ނިވާކޮށްގެން ތިބި ބަޔަކު ރަޔަޓު ގިއަރުގައި ތިބެ ކުރީގެ އެންވަޔރަންމަންޓް މިނިސްޓަރ އަސްލަމްގެ ގެކޮޅަށް ހުއްދަ ނެތި ވަދެގެން އެމަނިކުފާނުގެ ބައްޕާފުޅު ފާޚާނާގައި ހުނނަވަނިކޮށް ފާރުމަތީން އަރާ ގެއަށާ ގޭގެ ތިބި މީހުނަށް ގޯނާ ކޮށް ގެއަށް ބޮޑެތި ގެއްލުން ތަކެއް ދިނުމަށްފަހު ރައީސް ނަޝީދު ގަދަކަމުން ހައްޔަރުކޮށްގން ގޮސް ކަނޑުގައި ދުއްވާ ގަލްފް ކްރާފްޓް ލޯންޗެއްގައި އެމަނިކުފާނަށް އެއްވެސް ކަހަލަ ޙިމާޔަތެއްނުދީ ދަތުރުކުރަމުން ދާތީ މިކަން މި ސިޓީ އެމްޑީޕީގެ ފަރާތުން ވަރަށް ހަރުކަށި ޢިބާރާޓުން ކުށްވެރިކުރަމެވެ. އަދި އެމަނިކުފާނު ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކޮށް ފަރޮސްމާތޮޑާގެ ރައްޔިތުންނާ ބައްދަލުކޮށް ހެނުދުނުގެ ވަގުތުގައި ހުންނަވަނިކޮށް މިގޮތަށް ގެންދިއުމަކީ ރާއްޖޭގައި ރައީސްކަން ކުރައްވާފައި ހުރި ބޭފުޅަކަށް ކޮށްގެން ވާނެ ކަމެއް ނޫންކަމުގައިވެސް މިސިޓީ އިން ފާހަނގަކުރަމެވެ.އަދި ޤާނޫން އަސާސީ އިން ކޮންމެ ފަރުދަކަށްވެސް ޚިޔާލު ފާޅުކުރުމާ ކޭމްޕޭން ކުރުމާ ރައްޔިތުންގެ ޙައްޤުގައި ވާހަކަދެއްކުމުގެ ފުރުޞަތު ވަނީ ރާއްޖެއަށް ޚުދު ރައީސް ނަޝީދު ގެނެސްދެއްވާ ފައެވެ.އެހެންކަމުން އެމަނިކުފާނު ތައްޔާރުވަމުން މިގެންދަވަނީ ރިޔާސީ އިންތިޚާބަށެވެ ،އަދި އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓެއްގެ ޙައިސިޔަތުން އެމަނިކުފާނަށް ލިބިދޭ ބާރުން އެމަނިކުފާނު ދަނީ ކޭމްޕޭން ދަތުރުފުޅު ކުރައްވަމުންކަމުގައިވެސް ފާހަނގަ ކުރަމެވެ.އެހެންކަމުން ރާއްޖޭގެ ކޯޓް ތަކުންނާ އަދި ޕޮލިހުން ޤާނޫނާ ޚިލާފަށް މިކުރަމުން ގެންދާ ނާތަހުޒީބީ ޢަމަލު މިހާރުން މިހާރަށް ހުއްޓާލުމަށް އައްޑޫ ސިޓީ އެމްޑީޕީ އިން ގޮވާލަމެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯރޓް ކަމަށް ބުނާ ތަނުގެ ޤާނޫނީ ޞައްޙަކަމާމެދު ހައިކޯޓުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުނެވެސް ގޮތެއް ކަނޑަ އަޅައި މައްސަލަ ހުށަހަޅައި އިސްތިއުނާފުގެ މަރުޙަލާ ހިނގަމުން ދެއެވެ.

އެހެންކަމުން ޤާނޫނާ ޚިލާފަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހިފާ ހައްޔަރުކޮށްގެން މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ގެންދިޔަ ގެންދިއުން މިސިޓީ އިން ވަރަށް ހަރުކަށި ޢީބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް އެމަނިކުފާނު ދޫކުރުމަށްވެސް ގޮވާލަމެވެ. އަދި ރާއްޖޭގެ އެންމެހައި ކަންކޮޅުތަކުގައި ތިބި އެމްޑީޕީގެ ލޮބުވެތި މެމްބަރުން މިހާރުން މިހާރަށް ތިބިތަނައްގައި ތިބެ އިހުތިޖާޖު ކުރުމަށްވެސް ގޮވާލަމެވެ.އަދި މި އަދު މިކުރި ފިނޑި ޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ އައްޑޫ ސިޓީގެ ރައީސް
އަޙްމަދު އަދުހަމް