ރައީސް ނަޝީދުގެ މައްސަލަ ބަލާ ބެންޗުގައި ތިއްބަވާ 3 ފަނޑިޔާރުން މަޖްލީހުގެ ކޮމެޓީއަކަށް ހާޒިރުކުރަނީ

ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްސަލަ ބައްލަވަން ހުޅުމާލޭ ކޯޓަށް އައްޔަންކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ބޭފުޅުން މާދަމާ މެންދުރު 3:45ށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ޚާޒިރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އަމުރު ނެރެފިއެވެ.

ފަނޑިޔާރުން ކޮމެޓީއަށް ހާޒިރުކުރަން ނިންމީ މިއަދު ބޭއްވެވި އެކޮމެޓީގެ ސިއްރު ބައްދަލުވުމެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޢަލީ ވަޙީދު މުޤައްރިރުކަން ކުރައްވާ މިކޮމެޓީ އަކީ އެމްޑީޕީގެ އަޢުލަބިއްޔަތު އޮންނަ ކޮމެޓީއެކެވެ.