އެމްޑީޕީގެ ހުރިހާ މެމްބަރުންނާ، ޕާޓީއަށް ތާޢީދުކުރާ ހުރިހާ ފަރާތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ކުރި މައްޗަށް

ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އުފައްދާފައިވާ ހުޅުމާލޭ ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުންކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުޙައްމަދު ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން، އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެންނެވުމަށް އެމްޑީޕީގެ ހުރިހާ މެމްބަރުންނާ، ޕާޓީއަށް ތާޢީދުކުރާ ހުރިހާ ފަރާތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ކުރި މައްޗަށް ވަޑައިގެން ދެއްވުން އެދެމެވެ.