ދިވެހިން ފަގީރު ކަމުގައި ބައިތިއްބަން ބައެއް ވިޔަފާރިވެރިން ބޭނުންވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ދިވެހިރައްޔިތުން ފަގީރުކަމުގައި ބައިތިއްބަން ބައެއް ވިޔަފާރި ވެރިން ބޭނުންވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ގދ.ތިނަދޫ އެމްޑީޕީ ހަރުގެ ސަރަހައްދުގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާ ގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބައެއް ވިޔަފާރިވެރިން އަބަދުވެސް ބޭނުން ވަނީ އެމީހުންގެ މުށުތެރޭގައި ފަގީރުން ބައިތިއްބަން ކަމަށެވެ.

“ބަޣާވާތް ގެނައި އެންމެ ބޮޑު އެއް ސަބަބަކީ އާސަންދަ ތައާރަފްކުރުން. ބައެއް ވިޔަފާރިވެރިންގެ މުށުތެރޭގައި ރާއްޖޭގެ ރައްޔިތުން ބޭތިއްބުމަށް ބޭނުންވާ ބޭތިއްބުމަށް އެންމެ ބޮޑަށް ބޭނުންކުރާ އެއް ވަސީލަތަކަށް ވަނީ އެރައްޔިތުން ފަގީރު ކަމުގައި ބޭތިއްބުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ބޯ ވާރޭގައި ހުއްޓާނުލާ ކުރިޔަށް ގެންދިޔަ މި ޖަލްސާ ގައި އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކާއި، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ 2 ނައިބު ލީޑަރުން ކަމަށްވާ މުޙައްމަދު އަސްލަމް އާއި، އަލީ ވަހީދުގެ އިތުރުން ތިނަދުއަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ 2 މަޖިލިސް މެންބަރުން ކަމަށްވާ ތިނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ގަސަމް އާއި މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވެސް ވާހަކަދެއްކެވިއެވެ.

އެމްޑީޕީގެ ވައުދުގެ ދަތުރުގައި މާދަމާ ނަޑެއްލާ، ރަތަފަންދޫ އަދި ފިޔޯރީއަށް ޒިޔާރަތްކުރާނެ އެވެ.
“ބައެއް