އިޢުލާނު: ވަޒީފާގެ ފުރުޞަތު – ރިސެޕްޝަނިސްޓު

މިޕާޓީގެ، ޤައުމީ ސެކްރެޓޭރިއަޓްއަށް ތިރީގައި މިދަންނަވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ.

ރިސެޕްޝަނިސްޓް

ބޭނުންވާ އަދަދު 1
ފެންވަރު ނުވަތަ ޝަރުތު:
ޝަރުތު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ހުރިކަން ސާބިތުކޮށްދިނުމާއެކު، ދަށްވެގެން ސާނަވީ އިމްތިހާނަކުން ދެ މާއްދާއިން “c” ގްރޭޑް ލިބިފައިވުމާއި، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާންގައި ދިވެހި މިމާއްދާއިން ދަށްވެގެން “c” ގްރޭޑް ލިބިފައިވުމާއި، ކޮމްޕިއުޓަރަށް އަހުލުވެރިވުން.

މުސާރަ:
4000 ރުފިޔާ
މިމާޤާމަށް މީހަކު ހޮވުމުގައި މި ޕާޓީގެ މެންބަރުންނަށް އިސްކަން ދެވޭނެއެވެ.

މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ޝަރުތުފުރިހަމަވާ ފަރާތްތަކުން 09 އޮކްޓޯބަރ 2012 ވާ އަނގާރަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ 2 ވަނަ ފަންގިފިލާ) އަށް ސިޓީއާއި ވަނަވަރު ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު: ފޯން 3340044، ފެކްސް 3322960، އީމެލްއިލް: secretariat@mdp.org.mv

04 އޮކްޓޯބަރ 2012