ރައީސް ނަޝީދު ކޫއްޑޫ އެއަރޕޯޓް ބައްލަވާލައްވައިފި

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އާއީ އެމްޑީޕީގެ މެމްބަރުން މިހާރު ކުރައްވަމުން ގެންދަވާ ވަޢުދުގެ ދަތުރުގައި މިއަދު ކޫއްޑޫއަށް ވަޑައިގެން އެރަށުގެ އެއަރޕޯޓް ބަލައްވާ ލައްވައިފިއެވެ

ކޫއްޑޫ އެއަރޕޯޓްގެ ބާނީ ރައީސް ނަޝީދު މިއަދު ހެނދުނު ކޫއްޑޫއަށް ވަޑައިގަތުމުން އެރަށުން މަރްޙަބާ ވިދާޅުވީ، ގއ. އަތޮޅު ކައުންސިލްގެ ރައީސް ހާރޫން ރަޝީދުއެވެ.

ކޫއްޑޫ އެއާރޕޯޓް ބައްލަވާ ލެއްވުމަށްފަހު ވަޢުދުގެ ދަތުރުގެ ބައިވެރި ވަޑައިގެންނެވީ ގއ. މާމެންދޫއަށެވެ.