ނޫސްބަޔާން: ރައްޔިތުންގެ މަޖިލީހުގެ ރ.އުގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު ޑރ އަފުރާޝީމް އަލީ ރޭގެ ވަގުތެއްގައި ލާއިންސާނީ އަދި ރަހުމްކުޑަ ގޮތެއްގައި އަވަހާރަކޮށްފައިވާތީ މިކަމާ ހިތާމަފާޅުކޮށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން ނެރޭ ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެންބަރު މަރުޙޫމް ޑރ އަފުރާޝީމް އަލީ ރޭ ދަންވަރުގެ ވަގުތެއްގައި ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައިވާތީ މިކަމާ ހިތާމަފާޅުކޮށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ފަރާތުން މިކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

އެއްވެސް ސަބަބަކާއި ހުރެ އެއްވެސް މަންފާއެއް ހާސިލް ކުރުމަށްޓަކާ އިންސާނެއްގެ މައްޗަށް އަނިޔާވެރިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ބޮޑެތި ޖަރީމާތައް ފަހަކަށްއައިސް ރާއްޖޭގައި އާއްމުވަމުންދާތީ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން އިންތިހާއަށް ކަންބޮޑުވެއެވެ. ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނެސް، ޖަރީމާތައް ހުއްޓުވުމަށްޓަކައި ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތައް ގުޅިގެން އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް މިގްރޫޕުގެ ފަރާތުން ގޮވާލަމެވެ.

މަރުހޫމް ޑރ އަފްރާޝީމް އަލީގެ އާއިލާއަށް ކެތްތެރިކަން ދެއްވައި އެމަރުހޫމަށް ސުވަރުގޭގެ ދާއީމީ ނިއުމަތް
މިންވަރު ކުރައްވާށިއެވެ.

އާމީން

ބަޔާން ނެރުނީ: އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް