MDP-2012-PR-ނަންބަރު: 117
ތާރީޚް: 02 އޮކްޓޯބަރު 2012 (އަންގާރަ)
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޑރ. އަފްރާޝީމް ޢަލީއަށް ވަޅިން ޙަމަލާދީ ލާއިންސާނީ ގޮތަކަށް އަވަހާރަކޮށްލުން ކުށްވެރިކުރުން.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑޮކްޓަރ އަފްރާޝީމް ޢަލީއަށް ވަރަށް އިހާނެތިކޮށް އަނިޔާކޮށް، ރަޙުމް ކުޑަ ގޮތަކަށް ރޭ މެންދަމުގެ ވަގުތެއްގައި އަވަހާރަކޮށްލާފައިވާތީ މިޕާޓީން އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.
މި ރަޙުމް ކުޑަ ޖަރީމާ ހިންގި ފަރާތްތައް ވީ އެންމެ އަވަހަކަށް ހޯދައި އިންސާފްގެ ކުރިމައްޗަށް ގެނައުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމަށް މި ޕާޓީން ގޮވާލަމެވެ. އަދި މި މައްސަލަ ތަޙުޤީގް ކުރުމުގައި ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ވީ އެންމެ ބޮޑަކަށް އެއްބާރުލުން ދިނުމަށް ވެސް މި ޕާޓީން ގޮވާލަމެވެ.
މި ފުރުސަތުގައި މަރްޙޫމް އަފްރާޝީމް ޢަލީގެ ޢާއިލާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު މި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަމުގައި ތަޢްޒިޔާ ދަންނަވަމެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި މަރްޙޫމްގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރު ކުރައްވުން އެދި ދުޢާ ދަންނަވަމެވެ.
މާތް ﷲ މަރްޙޫމް އަފްރާޝިމް ޢަލީގެ ފުރާނަފުޅަށް ސުވަރުގޭގެ ދާޢިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން
—
ބަޔާން ނެރުނީ: ސެކްރެޓޭރިއޭޓް