އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އެންމެ ދެކުނުގެ 4 އަތޮޅަށް ކުރައްވަން ހަމަޖެހިފައިވާ “ވައުދުގެ” ދަތުރުފުޅަަށް ތައްޔާރު ވުމުގެ ގޮތުން ގއ.މާމެންދޫ އެމްޑީޕީ ހަރުގޭގައި ރޭ ވަރަށް ޙާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.
ދާންދޫ ދާއިރާގެ އަތޮޅު ކައުންސިލަރު އިބްރާހީމް ސޯބިރު (ސިވާސް) ވެސް ވާހަކަދެއްކެވި، މި ޖަލްސާގެ ތެރެއިން ދަތުރާއިބޭހޭ އެންމެހާ ކަމެއް ތަރުތީބު ކުރުމަށްޓަކާ ފަންޑުފޮއްޓެއް ބެހެއްޓިއެވެ. މި ފަންޑުފޮށި ރަސްމީކޮށް ހުޅުއްވައިދެއްވީ ގއ.މާމެންދޫ އެމްޑީޕީގެ ފުރަތަމަގޮފީގެ ރައީސް ޝުޖާއު މުހައްމަދެެވެ.
މާމެންދޫގެ އިތުރުން ގއ. އަތޮޅުގެ ހުރިހާރަށެއްގައިވެސް ދަނީ ވަރަށް ފޯރީގައި ރައީސް ނަޝީދުގެ ދަތުރުފުޅަށް ތައްޔާރުވަމުންނެވެ. މިގޮތުން ގއ.ވިލިގިލީގައި ހަރުގެއެއް އަޅަމުންދާއިރު އެއަތޮޅު ކޮލަމާފުށީގައި ވެސް ދަނީ މިދަތުރަށް ރަށްތައްޔާރުކުރުމަށް ޚާއްސ ހަރަކާތްތަކެއް ހިންގަމުންނެވެ.