ބެރިކޭޑް ހުރަސްކުރި ކަމުގެ ތުހުމަތުގައި އިލްޔާސް ލަބީބު ޕޮލިހަށް ހާޒިރުކޮށްފި

އޮގަސްޓް 31 ވަނަ ދުވަހު އެމްޑީޕީން ކުރި ސުލްހަވެރި އިހުތިޖާޖުގައި ބެރިކޭޑް ހުރަސްކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު މިއަދު ޕޮލިހަށް ހާޒިރުކޮށްފި އެވެ.

އިލްޔާސް ވިދާޅުވީ ޕޮލިހަށް ހާޒިރުވުމަށް އެދި ޗިޓް ފޮނުވިއިރު، އެ ޗިޓުގައި ހާޒިރުކުރަނީ ކޮން މައްސަލައަކާއި ގުޅިގެންކަން ބަޔާންކޮށްފައި ނުވާ ކަމަށާއި، އެހެން ނަމަވެސް ޕޮލިހަށް ހާޒިރުކުރުމަށް ފަހު ސުވާލުކުރެއްވީ އޮގަސްޓް 31 ގައި އޯކިޑްމަގުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ސުލްހަވެރި އިހުތިޖާޖެއްގައި ސަލާމަތީ ޚިދުމަތްތަކުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަށް ވެންނެވި ކަމަށްތުހުމަތުކޮށް ކަމަށެވެ.