ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހަންމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި، ކޮމަންވެލްތްގެ ސެކެރަޓަރީ ޖެނަރަލް ކަމަލޭޝް ޝަރުމާ އާއި އިނގިރޭސިވިލާތުގެ ބައެއް ވަޒީރުންނާއި، ޕާލަމެންޓް މެންބަރުންނާއި ބައްދަލުކުރައްވައި ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު އޮތްގޮތާއި ބެހޭ ގޮތުން އެބޭފުޅުންނަށް މައުލޫމާތުއަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮމަންވެލްތު ސެކެޓްރީ ޖެނެރެލްއާއި ކޮމަންވެލްތް ރޯޔަލް ސޮސައިޓީގެ ދައުވަތަކަށް ލަންޑަން އަދި ސްކޮޓްލެންޑްގައި ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި ގުޅޭގޮތުން ތަގުރީރުކުރައްވާނެއެވެ. މީގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރައްވާ އެކިއެކި ޖަމްޢިއްޔާތަކާވެސް ބައްދަލުކުރައްވާނެއެވެ.

މިދަތުރުފުޅުގައި ރައީސް ނަޝީދު އަރިހުގައި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަހުމަދު ނަސީމާއި އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު (މާލީ) އަހުމަދު މައުސޫމް ބައިވެރިވެވަޑައިގަންނަވައެވެ. .

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމެއް ގެނެވެން އޮތީ އިންތިހާބަކުން ކަމަށާއި، އެކަމަށްޓަކައި ގާނޫނު އަސާސީއަށް އިސްލާހްތަކެއް ގެންނަންޖެހިފައިވާ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި، އަދި ފެބްރުއަރީ ހަތެއްގައި ހިނގައިދިޔަ ގާނޫނާއި ހިލާފް ކަންކަމާއި ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން “ރައްޔިތުން ގާތުގައި އެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާން ބޭނުންވަނީ ކޮންބައެއްތޯ ބެލުމަށް، އެކަން ސާފްކޮށް އޮޅުންފިލާނެ އިންތިޚާބެއް ވެސް”، ބޭނުންވާ ކަމަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެމްޑީޕީން “ވަރަށް ބާރަށް މިސްރާބުޖަހާފައިވާ” ކަމަށާއި، އެމްޑީޕީން “ވައުދުގެ ދަތުރު”ގެ ނަމުގައި އެންމެ ދެކުނުގެ 4 އަތޮޅަށް މި ފެށޭ އޮކްޓޯބަރު މަހު ފަށާ ދަތުރަށް ފަހު އެމްޑީޕީއާއި ރިޔާސީ ރޭހުގައި ވާދަކުރުމަކީ ފަސޭހަ ކަމެއް ނޫންކަން ސިޔާސީ ފަރާތްތަކަށް ވަރަށް ރަގަޅަށް ސާފުވާނޭ ކަމަށެވެ.