4 ކައުންސިލެއްގެ ބައި-އިލެކްޝަން އާއި ބެހޭ

އދ. ދިއްދޫ ކައުންސިލުންނާއި، ފ. ބިލެތްދޫ ކައުންސިލުންނާއި، ލ. މާބައިދޫ ކައުންސިލް އަދި މ. އަތޮޅު ކައުންސިލް (މުލަކު ދާއިރާ) އިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، 2012 އޮކްޓޯބަރ 29 ވާ ހޯމަ ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ.

މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2012 ވާ ހުކުރު ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ވަނަވަރުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، މާލެ) އަށް ހުށަހެޅުއްވުން އެދެމެވެ. ފެކްސްކުރައްވާނަމަ މި ޕާޓީގެ މައި ސެކްރެޓޭރިއަޓްގެ ފެކްސް ނަންބަރު 3322960 އަށް ފެކްސް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީelections@mdp.org.mv އަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި މިއޮފީހުން ދޫކުރާނެއެވެ. އަދި މިފޯމު މި ޕާޓީގެ ރަސްމީ ވެބްސައިޓް www.mdp.org.mv އިން ޑައުންލޯޑްކުރެވޭނޭ ވާހަކަ ވެސް ދެންނެވީމެވެ.

މި ބައި-އިލެކްޝަންތަކުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް، ޝަރުތުހަމަވާ އެއް ބޭފުޅަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާނީ މި ޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީގެ ބެލުމުގެ ދަށުން 22 ސެޕްޓެމްބަރ 2012 ވާ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމުގައި ދެންނެވީމެވެ.

ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

15 ސެޕްޓެމްބަރ 2012

-ސެކްރެޓޭރިއަޓް –